Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 08:29
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ރައްޔިތުންގެ މަޖިލިސް
ހިޔާނަތް
ހިޔާނާތުގެ ބައިވެރިން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް އިންސާފުގެ ކުރިމައްޗަށް ގެންނާނަން: އިންތި
އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ލަސްވެގެން ދިއުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް
އެ ފަރާތްތަކުގެ މައްޗަށް ހަލުވި މިނެއްގައި ތަހުޤީޤު ހިންގަންޖެހޭނެ
ކޮންމެ ތަނެއްގައި ތިއްބަސް ޤާނޫނު އައިސް ހަމަކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވި

ރާއްޖޭގައި ހިންގާފައިވާ ޚިޔާނާތްތަކުގައި ބައިވެރިވި މީހުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ލަސްވެގެން ދިއުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށާއި، އެ ފަރާތްތަކުގެ މައްޗަށް ހަލުވި މިނެއްގައި ތަހުޤީޤު ހިންގަންޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ފިލައިގެން ދިއުމުގެ ޖާގައެއް ނޯންނާނެ ކަމަށާއި، ކޮންމެ ތަނެއްގައި ތިއްބަސް ޤާނޫނު އައިސް ހަމަކުރާނެކަމުގެ ޔަޤީންކަން އޮތްކަމަށް އިންތި ވިދާޅުވިއެވެ.

Advertisement

އެގޮތުން ސިޔާސީ ވެރިކަން ވެއްޓުމާއެކު ބޮޑެތި ތުހުމަތުތައް ކުރެވޭ ވަރަށް ގިނަ ފަރާތްތައް ސިޔާސީ މައިދާނުން ގެއްލިގެން ދިޔަކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، އެ ފަރާތްތަކުގެ މައްޗަށްވެސް ތަހުޤީޤުތައް ހިންގޭނެ ކަމަށާއި، ތަހުޤީޤުތައް ނުހިންގިއްޖެ ނަމަ ރައްޔިތުން މި ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.

ބޮޑެތި ޖަރީމާތައް ހިންގާފައި ތިބޭ މީހުން އަދި އަމުދުން މިކަހަލަ ވެރިކަމެއް (ޑިމޮކްރަޓިކް ވެރިކަމަކަށް) ޤައުމު ރުޖޫޢަވީމާ ޚުދުމުހުތާރު ވެރިކަން ކޮށްފައި ގޮސް ފިލައިގެން ތިބޭ މީހުން އެހެން ތިބެވޭނެކަމަށް ދެކިގެންނުވާނެ، މުޅި ދުނިޔެއާ ގުޅިގެން ލާމެހިގެން މި އޮންނަނީ، އެހެންވީމާ ތަހުޤީޤުތައް ހިންގާ މިބޭފުޅުންގެ މައްސަލަތައް ބެލޭއިރު ދުނިޔެ ހިނގާ ނިޒާމަކީ އެ ޤައުމަކުން ބޭނުންވީމާ ޤައުމަށް އަނބުރާ ފޮނުވަންވެސް ފޮނުވާނެ، ދަންނަވަން މި އުޅޭ ވާހަކައަކީ ފިލައިގެން ގޮސް ވަދެ އޮންނާނެ ތަނެއް މިހާރު ނޯންނާނޭ،
މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

އިންތި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ގިނަ ޙަރަކާތްތަކެއް ރާވާފައިވާ ކަމަށާއި، ލާމަރުކަޒީ ޤާނޫނުގައި ބުނާ ކަންކަން ތަންފީޒުކޮށްދޭނީ އެމްޑީޕީން ކަމަށެވެ. އެގޮތުން އިނދިކޮޅު ފަރާތްތަކަކީ ލާމަރުކަޒީ ނިޒާމު ޤަބޫލުނުކުރާ ބައެއްކަން މާޒީގައި ހާމަވެފައިވާކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، ލާމަރުކަޒު ކުރުމުގެ ތަޞައްވަރު އޮތް ޕާޓީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް