Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 06:58
އަހުމަދިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅުދައްކަވަނީ
އަހުމަދިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސް ނަޝީދު
އެމްޑީޕީއަށް މާލޭގެ ސާފު އަގުލަބިއްޔަތު ނުލިބިއްޖެނަމަ ގެއްލުންވާނެ: ނަޝީދު
އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މާލޭގެ މި ދަތިތަކަށް ހައްލު ހޯދުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުން
ބޯހިޔާވަހިކަމުގެ ވައުދުތަކުގައި ހުރި ވާހަކަތައް އެޖެންޑާ 19 ގައި ބަހަމުންދިޔަ ލީފްލެޓްގައި ސާފުކޮށް އޮންނާނެ
ރަނުން ރަނަށް އެކަން ކުރުން އެއީ ސަރުކާރުގެ ވެސް އަމާޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލޭގެ ސާފު އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ބައެއް ދާއިރާތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް އަޙްމަދިއްޔާ ސްކޫލުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މާލޭގެ ސާފު އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ އޭގެން ނުކުމެދާނެ ނަތީޖާތައް ދާއިރާތަކުގެ ބޭފުޅުންނަށް ސާފުވާނެ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ރަނގަޅު ސާދާ ސާފު ކާމިޔާބެއް ނުހޯދިއްޖެނަމަ އެންމެނަށް ވެސް އޭގެ ސަބަބުން ވަރަށްބޮޑަށް ގެއްލުންވާނެ ކަމަށެވެ.

Advertisement

ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނާއި، މަލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތައް ހުރިކަން، ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކަންކަން އަބަދުވެސް ފާހަގަކުރަމުންގެންދަވާ ކަމަށާއި، އެކަންކަމާއި ގުޅޭ ގޮތުން ޙައްލު ހޯދުމަށް ސިޔާސަތުތައް ވެސް އެމްޑީޕީގެ ސަރުކާރުން، ތަންފީޒުކުރައްވާނެ ކަމަށެވެ.

އެއީ ފުރަތަމަ 2008 ވަނަ އަހަރު އުފެދިގެން އައި އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މާލޭގެ މި ދަތިތަކަށް ހައްލު ހޯދުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުން. އެމްޑީޕީއަކީ ވައުދުވެފައި އެ ވައުދު ފުއްދުމަށް މަސައްކަތް ކުރަމުން އަބަދުވެސް ގެންދާ ޕާޓީއެއް. އަޅުގަނޑެއް ހުއްޓައެއް ނުލާނަން އަދި އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީގެ އެއްވެސް ވެރިކަމެއް އަދި އެއްވެސް ވެރިއެއްވެސް ހުއްޓައެއް ނުލާނެ އެ ވާވައުދު ފުއްދުމުގެ މަސައްކަތް ކުރުމަށް. އަދި އެ ވައުދު ފުއްދުން އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ މުޅި ހަޔާތް އަދި އަޅުގަނޑުމެންގެ މުޅި މަސައްކަތް ބިނާވެފައި އޮންނާނީ އެކަން ކުރުމަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީން އެކަންކަން ކުރާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ވަޢުދުތަކުގައި ހުރި ވާހަކަތައް އެޖެންޑާ 19 ގައި ބަހަމުންދިޔަ ލީފްލެޓްގައި ސާފުކޮށް އޮންނާނެ ކަމަށާއި، އެއަށް ބަދަލެއް އެއްގޮތަކަށް ވެސް ގެންނަން ބޭނުންފުޅު ނުވާކަމަށެވެ.

އަދި ރަނުން ރަނަށް އެކަން ކުރުން އެއީ ސަރުކާރުގެ ވެސް އަމާޒު ކަމަށާއި، އެމްޑީޕީގެ ޢަމާޒަކީ ވެސް އެއީކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެޖެންޑާ 19 ގައި ނުކުރެވޭނެ ކަންތައްތަކެއްގެ ވާހަކަތަކެއް ލިޔެފައި ނެތްކަމަށެވެ. އަދި އޭގައި ލިޔެފައި ހުރި ވާހަކަތަކަކީ އެކަންކަން ކުރުމަށް އަދި އެ ވަޢުދުތައް ފުއްދޭނެކަން އެނގިތިއްބަވައިގެން ލިޔެފައިވާ ވާހަކަތަކެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
2 މާރޗް 2020 | ހޯމަ 08:10
ސޮރީ
ވޭތުވެދިޔަ ދެދައުރުގަ މާލޭގެ އަގުލަބިއްޔަތުކަން ދީނެއް ވީކަމެއް ހަރާމް. މާލޭ ރައްޔިތުންނަށް ވީކަމެއް ނެތް. ފައިދާވީ މާލޭގެ މަހުޖަނުންނަށާ ރަށްރަށުން އައިސް ތިބި މަހުޖަނުންނަށް.. މިފަހަރު ސޮރީ އޭބުނެވޭނީ..