Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 01:16
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ލޭނު އެޅުމުގެ މަސްވެރިކަމާއި މަސްވެރިކަން ޒަމާނީ ކުރުމަށްކުރާ ކަންތައްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރަނީ
ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރައްވަނީ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

މަސްވެރިކަމުގެ ސިނާޢަތު ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް ކޮށްފައިވާ ދިރާސާތަކާއި ގުޅޭގޮތުންނާއި ލޭނުއެޅުމުގެ މަސްވެރިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރައްވަނީ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ. ޖާބިރު މިނިސްޓަރާއި ދެ ސުވާލެއް ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ފުރަތަމަ ސުވާލުގައި ބުނެފައިވަނީ މަސްވެރިކަން ޒަމާނީ ކުރުމަށް މިހާތަނަށް އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯ އާއި އަދި އެ ދިރާސާގެ ނަތީޖާއަކީ ކޮބައިތޯއެވެ. މީގެއިތުރުން ރާއްޖޭގައި އެންވެރިކަން އަމިއްލައަށް އުފެއްދޭނެގޮތުގެ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯވެސް ޖާބިރު މިނިސްޓަރާއި ކުރައްވާ ސުވާލުތެރޭގައި ހިމެނެއެވެ.

Advertisement

މީގެއިތުރުން ދެން ޖާބިރު ފިޝަރީޒް މިނިސްޓަރާއި ކުރައްވާ ސުވާލަކީ ލޭނު އެޅުމުގެ މަސްވެރިކަން ހުއްޓުމަކަށް ގެނެސްފައިވަނީ ކީއްވެތޯ އެވެ. އަދި އަލުން އެފުރުސަތު މަސްވެރިންނަށް ދެއްވުމުގެ ވިސްނުމެއް ގެންގުޅޭތޯ އާއި އެކަން ކުރުމަށް ކިހާ މުއްދަތެއް ނަގާނެތޯ އެވެ.

އިބްތިދާއީ ބަހުސްގައި ހޯމަ ދުވަހުގެ ޖަލްސާގައި ބަހުސްކުރުމަށް އެޖެންޑާ ކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލެވެ.

ކޮމިޓީތަކުން ހުށަހަޅާކަންކަމުގައި މޯލްޑިވްސް އެއަރޕޯޓް ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދިނުމާއި ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން ވަނީ އެޖެންޑާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް