ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 20:50
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
ވަން އޮންލައިން
ދިވެހި މިއުޒީޝަނުން
ދިވެހި މިއުޒީޝަނުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ދަނީ މަޝްވަރާކުރަމުން: މިނިސްޓަރ ޔުމްނާ
މިއުޒީޝަނުންގެ ކަންބޮޑުވުންތަކާއި މެދު އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި

ދިވެހި މިއުޒީޝަނުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ކަމާއިބެހޭ އިދާރާތަކާއިއެކު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ ރިސޯޓްތަކުގައި ބިދޭސީ ބޭންޑްތަކުން ހެޔޮއަގުގައި މިއުޒިކް ކުޅުމުން ދިވެހި ބޭންޑްތަކުގެ ބުކިން ކެންސަލް ވަމުންދާތީ އެކަމާއި ކަންބޮޑުވުންފާޅުކޮށް އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވަމުންނެވެ. ދިވެހި މިއުޒީޝަނުންގެ ކަންބޮޑުވުންތަކާއި މެދު އިތުރަށް މަޝްވަރާކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފަންނާނުންނަށް ފަހި ފުރުސަތައް ހޯދައިދިނުމަށް މިނިސްޓްރީން ޚާއްސަ ސަމާލު ކަމެއްދީގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ.

ފަންނާނުންނަށް އެކިކަންތައްތަކުން އެހީތެރިކަން ލިބޭނެ ގޮތްތައް ބަލައި ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެކިލެވަލްގައި މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް