ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 16:56
ސްކޫލެއްގެ ދަރިވަރުންގެ ހަރަކާތެއް
ސްކޫލެއްގެ ދަރިވަރުންގެ ހަރަކާތެއް
ޓްވިޓަރ
ސްކޫލްތައް/ އެޑިއުކޭޝަން
ސްކޫލްތަކުގައި ހިންގާ ހަރަކާތްތައް މެއި މަހުގެ 20 ގެ ނިޔަލަށް މަޑުޖައްސާލުމަށް އަންގައިފި
މަޑުޖައްސާލަން އަންގާފައިވަނީ، އަމަލީ ދަތުރުތަކައި، ކުޅިވަރު މުބާރާތްތަކާއި، ޕްރެކްޓިސްތައް
ގިނަ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ ދަރިވަރުންގެ އިޖުތުމާއީ ހަރަކާތްތަކާއި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް ރަވާފައިވާ ހަރަކާތްތައް
ސްކޫލުން ބޭރުގައި ދަރިވަރުންނަށް ބާއްވާ ޔުނީފޯމް ހަރަކާތްތަކާއި އޯވަރނައިޓް ހޭދަކުރާގޮތަށް ބާއްވާ ކޭމްޕްތަކާއި ސްކޫލް ފެއަރ އަދި ކޮންސެޓްތައް
ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރ 2020ގައި މާރޗް، އޭޕްރީލް އަދި މެއި މަހުގައި ހިންގުމަށް ތާވަލްކޮށްފައިވާ ހުރިހާ ހަރަކާތެއް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވަލް ކޮރޯނާ (ކޮވިޑް-19) ވައިރަހުން ރައްކާތެރި ވުމަށާއި ހިމަބިހި ރާއްޖެއިން ފެނިފައިވާތީ، އެކަންކަމުން ރައްކާތެރިވުމުގެގޮތުން ސްކޫލްތަކުގައި ހިންގާ ހަރަކާތްތައް މަޑުޖައްސާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ނެރެފައިވާ، ސަރކިއުލަރ ނޯޓެއްގައި ބުނެފައިވަނީ، ސްކޫލްތަކުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހަރަކާތްތައް މާރޗު މަހުގެ އެކަކުން ފެށިގެން މެއި މަހުގެ 20 ގެ ނިޔަލަށް މަޑުޖައްސާލުމަށް އަންގާ ކަމަށެވެ.

އެގޮތުން، އަމަލީ ދަތުރުތަކައި، ކުޅިވަރު މުބާރާތްތަކާއި، ޕްރެކްޓިސްތައް ހިމެނެ އެވެ. އަދި ގިނަ ދަރިވަރުން ބައިވެރިކޮށްގެން ހިންގާ ދަރިވަރުންގެ އިޖުތުމާއީ ހަރަކާތްތަކާއި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް ރަވާފައިވާ ހަރަކާތްތައް ވެސް ހިމެނެ އެވެ. ސްކޫލުން ބޭރުގައި ދަރިވަރުންނަށް ބާއްވާ ޔުނީފޯމް ހަރަކާތްތަކާއި އޯވަރނައިޓް ހޭދަކުރާގޮތަށް ބާއްވާ ކޭމްޕްތަކާއި ސްކޫލް ފެއަރ އަދި ކޮންސެޓްތައް މި މުއްދަތުގެ ތެރޭގައި ނުބާއްވާ މަޑުޖައްސާލުމަށް އެޑިކޭޝަން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

މީގެ އިތުރުން އެޑިއުކޭޝަންގެ ސަރކިއުލަރގައި ބުނެފައި ވަނީ، ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރ 2020 ގައި މާރޗް، އޭޕްރީލް އަދި މެއި މަހުގައި ހިންގުމަށް ތާވަލްކޮށްފައިވާ ހުރިހާ ހަރަކާތެއް އެމުއްދަތުގެ ތެރޭގައި މަޑުޖައްސާލުމަށް ހުރިހާ ސްކޫލްތަކަށް އަންގާ ކަމަށެވެ.

ސްކޫލްތަކުގައި ހިންގާ ހަރަކާތްތައް މަޑުޖައްސާލަން އެންގިނަމަވެސް، ސްކޫލްތަކުގެ ރަސްމީ ކިޔެވުން ކުރިއަށްދާނެކަމަށް އެޑިއެކޭޝަން ބުނެއެވެ.

އެޑިއުކޭޝަނުން ބުނީ، ކޮވިޑް-19 ޓާސްކުފޯސް އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް ލަފާގެ އެމިނިސްޓްރީއަށް ގަވާއިދުން ހޯދަމުންދާ ކަމަށެވެ.

- ކޮމެންޓް