ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 07:50
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭއްވި ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބޭއްވި ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ރީރަޖިސްޓްރޭޝަން
ރީރަޖިސްޓްރޭޝަނަށް ހުށަހެޅީ 22000 ފޯމް
53 ރިސޯޓެއްގައި ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ވޯޓުފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް ރީރަޖިސްޓްރީކުރީ 22 ރިސޯޓަކުން

އަންނަ އެޕްރީމް މަހު ބައްވާ ލޯކަލް ކައުންސިލްކަތުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ރީރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ފޯމު ހުށަހަޅާފައިވަނީ 22000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި މުއްދަތުގައި ހުށަހެޅި 22000 ފޯމް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އާދިއްތަ ދުވަހުގެ ނިޔަލަށް ހުރިހާ ފޯމެއް ޕްރޮސެސްކޮސް ނިމޭނެ ކަމަށެވެ. މީގެ އިތުރުން 53 ރިސޯޓެއްގައި ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުޞަތުގައި ވޯޓުފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް ރީރަޖިސްޓްރީކުރީ 22 ރިސޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

50 ސީލިން ހަމަވާވަރަށް ރީރަޖިސްޓްރީކޮށްފައިވަނީ 22 ރިސޯޓެއްގައި. އަދި މިއާއެކީގައި ދަންނަވާލަން ބޭނުންވޭ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުވާލި ހުޅުވާލުމަށް 33 ރިސޯޓެއްގައި ރީރަޖިސްޓާކޮށް ވޯޓުފޮށި ބެހެއްޓިފައިވޭ. އެ 33 ރިސޯޓް ތެރެއިން މިފަހަރު ވޯޓުފޮށި ބަހައްޓަން އަދަދު ހަމަވެފައިވަނީ 16 ރިސޯޓެއްގައި. އަދި 22 މިކިޔަނީ އެ 16 ގެ އިތުރަށް އަލަށް 6 ރިސޯޓެއްގައި ބަހައްޓަން ލިބިފައިވާތީ. 7 ރިސޯޓެއްގައި އެއްވެސް ވަރަކަށް ރަޖިސްޓާ ނުކުރޭ. އަދި 22 ރިސޯޓެއްގައި 1-10 އަށް ރަޖިސްޓާކޮށްފައި އެބައޮތް. 2 ރިސޯޓެއްގައި 10-30 އަށް ރީރަޖިސްޓްރީކޮށްފައި އެބައޮތް،
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ ވޯޓުފޮށި ނުބެހެއްޓޭ ރިސޯޓްތަކަށް ރީރަޖިސްޓްރީވި ފަރާތްތަކަށް އަލުން އެ ފުރުޞަތު ދިނުމަށް މި މަހުގެ 6 ވަނަ ދުވަހު ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. އަދި 7 ވަނަ ދުވަހު އެ ފުރުޞަތު ބަންދުވާނެ ކަމަށައި، ރީރަޖިސްޓްރީ ނުކުރާނަމަ ރަށްވެހިފައިވާ ރަށަށް ރަޖިސްޓްރީ ބަދަލުވާނެކަމަށެވެ.

- ކޮމެންޓް