Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 18:40
ޕޮލިސް ހެޑްކުއާޓާ
ޕޮލިސް ހެޑްކުއާޓާ
ދަ އެޑިޝަން
ޕޮލިސް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ފަރުވާދެނީ
މި އެކްސިޑެންޓް ގައި ސައިކަލު ދުއްވަން 49 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލް ގައި ދަނީ ފަރުވާދެމުން

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ރީތިގަސް މަގާއި އަސުރުމާ ހިންގުން ގުޅޭ ހަތަރު އަންގޮޅި ކަންމަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ހަވީރު 4:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement

އަދި މި އެކްސިޑެންޓް ގައި ސައިކަލު ދުއްވަން 49 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލް ގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، މި އެކްސިޑެންޓް ގައި ހިމެނޭ 2 އުޅަނދުވެސް ދުއްވާފައިވަނީ އެއް ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.

މި އެކްސިޑެންޓް ގެ މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް