ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 18:07
މެލޭޝިޔާގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި މުހިއްޔުދީން ޔާސީން
ގޫގުލް
މެލޭޝިޔާ
މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުއްދީން ޔާސީން
ހުވާކުރައްވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު
ބޮޑު ވަޒީރު ކަމުގެ މަގާމުން މަހާތިރް އިސްތިއުފާ ދެއްވި ހުސްވި ހަފްތާގައި

މެލޭޝިޔާގެ ބޮޑު ވަޒީރު ކަމަށް މުހިއްޔުދީން ޔާސީން އައްޔަން ކުރައްވައިފިއެވެ.

މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ކުރީގެ އިންޓީރިއާ މިނިސްޓަރު އަދި ވަގުތީ ބޮޑު ވަޒީރު މަހާތިރް މުހައްމަދުގެ ޕާޓީ ބެރަސަތު ޕާޓީގެ ރައީސް މުހިއްދީން ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރަން ރަސްގެފާނު ނިންމާފައިވާ ކަމަށެވެ.

މަހާތިރްގެ ގާތް އެކުވެރިއެއް ކަމަށްވާ މުހިއްދީން ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. މުހިއްދީން އަށް ވަނީ ޕާލިމެންޓްގެ ގިނަ މެމްބަރުންގެ ތާއިދުވެސް ލިބިފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމަށް މުހިއްދީން އައްޔަން ކުރައްވާފައިމިވަނީ ބޮޑު ވަޒީރުގެ މަގާމު ކަމުގައި ހުންނެވި މަހާތިރް މުހައްމަދު އިސްތިއުފާ ދެއްވައި، އެ ގައުމު ސިޔާސީ މަޝްރަހު ހޫނުވެފައި ވަނިކޮށެވެ

2018 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ އިންތިހާބުގައި އޭރުގެ ބޮޑު ވަޒީރު ބަލި ކުރުމަށް މަހާތީރު ވަނީ ގިނަ ފަރާތްތަކާ ކޯލިޝަން ހައްދަވާފައެވެ. އޭގެތެރޭގައި އަންވަރު ހިމެނިވަޑައިގަންނަވާއިރު، އެއްބަސްވުމުގެ ދަށުން ދެ އަހަރު ފަހުން ގައުމުގެ ބޮޑު ވަޒީރުކަން އަންވަރުއާ ހަވާލު ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
29 ފެބްރުއަރީ 2020 | ހޮނިހިރު 21:21
ޢަނީ
https://mihaaru.com/news/70021