Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 18:33
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު
ރައީސް އޮފީސް
ހަރުކަށި ފިކުރު
ހަރުކަށި ފިކުރާއި، ލާދީނީ މީހުންނަށް ކޮންމެ ހަފުތާއަކު ނަސޭހަތްދެން: އިސްލާމިކް މިނިސްޓްރީ
ކޮންމެ ހަފްތާއެކު ޝެޑިއުލް އެއް ހެދުމަށްފަހު މިނިސްޓްރީީން ހާއްސަ ސަމާލުކަމެއް ދީގެން އެކަން ކުރަމުންދޭ
ދީނީ ހަރުކަށިކަމާއި ބެހޭގޮތުން ރާއްޖޭގައި މިހާރު ތިބި ދީނީ އިލްމުވެރިންނަށް ވޯރކްޝޮޕްތަކެއް ކުރިޔަށް ގެންދޭ
އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޑައިމީސްކޮށް ބަސްބުނުމުގެ އެއްވެސް ފުރުސަތެއް ދިވެއްސަކަށް ނުދޭނަން

ހަރުކަށި ފިކުރުގެ މިހުންނާއި ދީން ޤަބޫލުނުކުރާ މީހުންނަށް ކޮންމެ ހަފުތާއަކު އެ މިނިސްޓްރީގެ ފަރާތުން ނަޞޭޙަތް ދެމުންދާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ވާއިރު، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އެ ފަރާތްތަކަށް ރަނގަޅު މަޢުލޫމާތުު ފޯރުކޮށްދީ ނަޞޭޙަތް ދިނުމަށް ނިންމާފައިވާއިރު، މިކަމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ހަރުކަށި ފިކުރުގެ މިހުންނާއި ދީން ޤަބޫލުނުކުރާ މީހުންނަށް ކޮންމެ ހަފުތާއަކު އެ މިނިސްޓްރީގެ ފަރާތުން ނަޞޭޙަތް ދެމުންދާކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ކޮންމެ ހަފުތާއަކު ޝެޑިއުލް އެއް ހެދުމަށް ފަހު މިނިސްޓްރީީން ޚާއްޞަ ސަމާލުކަމެއް ދީގެން އެކަން ކުރަމުން ގެންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ މީހުން ތިބެނީ އެކަހެރިކޮށްފައިކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދީނީ ހަރުކަށިކަމާއި ބެހޭގޮތުން ރާއްޖޭގައި މިހާރު ތިބި ދީނީ ޢިލްމުވެރިންނަށް ސަޢުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ވާރކްޝޮޕްތަކެއް ކުރިޔަށް ކުރިޔަށްގެންދާކަމަށެވެ. މިހާތަނަށް 3 ފަހަރަކު ވާރކްޝޮޕް މާލެއާއި އަތޮޅު ތެރޭގައި ކުރިޔަށް ގެންގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޑައިމީސްކޮށް ބަސްބުނުމުގެ އެއްވެސް ފުރުޞަތެއް ދިވެއްސަކަށް ނުދޭނެކަމަށާއި އެފަދަ މައްސަލަތައް މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންގެންދާނެކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް