Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 12:41
ޑރ ޖަމީލް
ޑރ ޖަމީލް
ޔޫސުފް ސޮފްވާން ރަޝީދު
ޕީޕީއެމް- ސިޔާސީ
ޔާމީން ސަރުކާރުގެ އިހްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފި: ޑރ ޖަމީލް
އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށް ރައްޔިތުން ނޫނެކޭ ބުނެފި
ކޮރަޕްޝަންގެ އަމަލުތަކާއި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފި
ޖަމީލް މީގެކުރިން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ކުރި އިޚުލާޞްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފިކަމަށް ޑރ މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސކަށް ހުންނެވި، އަދި މިހާރު ލޯޔަރުންގެ ޓީމުގައި އެންމެ އިސްކޮށް ޙަރަކާޔްތެރިވަމުން ގެންދަވާ ޑރ ޖަމީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ޕީޕީއެމުން ބޭއްވި ޖަލްސާއިން ފެނިގެންދިޔައީ ރައީސް ޔާމީނާއި ޕީޕީއެމްގެ ސަރުކާރުގެ އިޚުލާޞްތެރި މަސަައްކަތް ބަލައިގަނެފައިވާކަމުގެ ހެއްކެއްގެގޮތުގައި ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގަތުމުން ޔާމީނަށް އޮތް ތާޢީދު ކުޑަވިއެވެ. އަދި ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުންތަކުގައި މީހުންގެ ޢަދަދު އިންތިހާއަށް މަދުވިއެވެ،

Advertisement

ނަމަވެސް، 'މިއީ މަގޭ ރާއްޖެ" ނަމުގައި ހުކުރު ދުވަހު ބޭއްވި ޖަލްސާގައި މީހުން ގިނައެވެ. ޑރ ޖަމީލް ވިދާޅުވީ އެކަމުން ސާބިތުވެގެން ދިޔައީ، އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމާއި ،އާންމުވަމުން ދާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ އިތުރުން ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަން ކަމަށެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނުގެ ދައުރުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް އެ މަޤާމުން ދުރުކުރެއްވުމުން ރައީސް ޔާމީނަށް އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކޮށްފައި ހުރި ކޮރަޕްޝަނުގެ ޢަމަލުތަކާއި ރައީސް ޔާމީނާއި ގުޅޭ ގޮތުންވެސް އެތައް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމި ހިސާބުން ޑރ. ޖަމީލް ވަނީ ކޯލިޝަން މަސައްކަތުން ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންފައެވެ. އަދި މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީވެސް ޑރ. ޖަމީލެވެ.

ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުންގެ އަޣުލަބިއްޔަތުން ނައިބު ރައީސްކަމުގެ މަޤާމުން ޖަމީލު ދުރުކުރެއްވުމަށް ފަހު، އެ މަޤާމަށް މަޖިލީހުން ޢައްޔަނު ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބެވެ. އަދީބު އެ މަޤާގާމަށް ޢައްޔަނު ކުރީ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްކުރިތާ ޖެހިގެން އައި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
29 ފެބްރުއަރީ 2020 | ހޮނިހިރު 14:10
އަހުމަދު
މިހަކަހަލަ ދެބޯގެރި ދުއްވާ މީހުން ގިނަވާ ވަރަކަށް މިގައުމު ދާނީ ހަލާކުވަމުންނެވެ. ޖާހިލުން ކިޔަނީ ނުކިޔަވާ ތަންދޮރު ނޭގޭ މީހުންނަ އެކަޏެއްނޫނެވެ. ކިޔަވައިގެން ވެސް ޖާހިލުން ތިބޭކަމަށް ގަބޫލު ކުރަމެވެ. ރައްޔިތުން ފައިސާ ދައުލަތަށް ނުވަދެ އަމިއްލަ އެކައުންޓަށް ޖަމާކުރުމަކީ ރައްޔިތުން ދުވަހަކު ވެސް ގަބޫލު ކުރާނެ ކަމެއްނޫނެވެ. އެހެން ނަމަވެސް އެފައިސާއިން އަމިއްލަ މަންފާ ލިބި ބަޔަކު ގަބޫލު ކުރުމަކީ ރައްޔިތުން ގަބޫލު ކުރިކަމަށް ވާނޭތޯ ؟