Advertisement
ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 09:36
ހުކުރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން އަދުރޭ ވާހަކަ ދައްކަވަނީ
ހުކުރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން އަދުރޭ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ޕީޕީއެމް ޖަލްސާ
ޔާމީނަށް އަދުރޭގެ މެސެޖެއް: މަނިކުފާނު ޖަލުގައި އޮންނަވާތީ ރައްޔިތުން ގިސްލަ ގިސްލާ ރޮނީ
ސިޔާސީ ފިކުރަށްވުރެން ގައުމާއި، މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށް އިސްކަންދޭންޖެހޭ
ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް ކުރިޔަށް އޮތްތަނުގައި ވަޒީފާގެ ބިރުދެއްކުމާއި އެތައް ދުއްތުރާތަކެއް ކުރިމަތިވާނެ
ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދާނަން

ކުރީގެ ރައީސް ޔާމީނަށް ވުރެން ވަކީން ބޮޑަށް ރައްޔިތުންގެ ހިތްތަކުގެ ލޯބި މިލްކުކުރެއްވި ވެރިއެއް ދިވެހި ތާރީޚު ނުދެކޭކަމަށާއި، އެމަނިކުފާނުގެ ޖަލުގައި އޮންނަވާތީ ރައްޔިތުން ހިތާމަކުރާކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ރަސްމީކޮށް ކެމްޕެއިން ޙަރަކާތް ފެއްޓުވުމަށް ޕީޕީއެމް ޕީއެންސީން ހުކުރު ދުވަހުގެ ރޭ ކާނިވާ ޞަަރަޙައްދުގައި ބޭއްވި "މިއީ މަގޭ ރާއްޖެ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިންތިޚާބާއި ދިމާކޮށް އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ރައީސް ޔާމީނުގެ ޙާލުކޮޅު ކިހިނެއްތޯ އަހާ، ގިނަ ބޭފުޅުންނަށް ދެރަވެގެން ގިސްލާފައި ރޮވޭކަމަށެވެ.

އަދުރޭ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން މާޔޫސްކަމުގައި ބަސްހުއްޓިފައި ތިބޭ މަންޒަރު ފެނުމުން، ރައީސް ޔާމީން ޤައުމަށް ކޮށްދެއްވި މަސައްކަތުގެ އަގު ދިވެހި ރައްޔިތުން ވަޒަންކުރާކަން މިންވަރު ހާމަވެގެންދާކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ވުރެން ވަކީން ބޮޑަށް ދިވެހި ރައްޔިތުންގެ ހިތްތަކުގެ ލޯބި މިލްކުކުރެއްވި ވެރިއެއް ދިވެހި ތާރީޚު "ދެކިފައެއް" ނެތްކަމަށެވެ.

Advertisement

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް ސިޔާސީ ފިކުރަށްވުރެން ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، އިސްތިޤުލާލު ދެމެހެއްޓުމަށް އިސްކަންދޭންޖެހޭކަމަށެވެ. އަދި ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް ކުރިޔަށް އޮތްތަނުގައި ވަޒީފާގެ ބިރުދެއްކުމާއި، އެތައް ދުއްތުރާތަކެއް ކުރިމަތިވާނެކަން ފާހަގަކޮށް އަދުރޭވަނީ ވަނީ އެކަމަށް ބެލުމެއް ނެތި މާތްވެގެންވާ އިސްލާމްދީނުގެ ޤަދާރާއި އިއްޒަތް އިސްކުރުމަށް އެދިވަޑައިގެންފައެވެ.

އަދުރޭ ވިދާޅުވީ ޤައުމު މިއޮތް ޙާލަތުން ބަދަލުކުރުމަށް އޮތް ފޯރިއާއި ޖޯށު ފެނި ،ރައީސް ޔާމީނުގެ ލޯފުޅުން ކަރުނަފޮދު އޮހެރިގެންދާނެކަމާމެދު ހިތުގައި އެއްވެސް ސުވާލެއް ނެތްކަމަށެވެ. އަދުރޭ ވަނީ ރައީސް ޔާމީން ސާބިތުކަމާއެކު ހުންނެވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދާނެކަމަށް އަދުރޭވަނީ ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ޖުމުލަ 673 ވާދަކުރައްވާއިރު، މިއީ މި ފަހުން ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބޮޑެތި އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު ޕިޕީއެމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް