Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 23:44
ބާ ކައުންސިލްގެ އެކްސްކޯ މެމްބަރުން
ބާ ކައުންސިލްގެ އެކްސްކޯ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް
މާލީ ގާބިލުކަން ނެތް ފަރާތްތަކަށް ބާ ކައުންސިލުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ
ބާ ކައުންސިލްގެ އަހަރީ ރިޕޯޓްވަނީ ފާސްކޮށްފައި
''ކްލިއަރިން ހައުސް''ގެ މަސައްކަތް ދަނީ ކުރަމުން
ވަކީލުންނަށް އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެ: މާނު

މާލިގޮތުން ތަނަވަސްކަން ނެތް ފަރާތަތްކަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބާ ކައުންސިލުން ކުރާނެކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު (މާނު) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ބާ ކައުންސިލްގެ ފުރަތަމަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން މާނު ވަނީ މި އަހަރު ތެރޭގައި، ބާ ކައުންސިލުން ކުރަން ހަމަޖެހިފައިވާ މުހިއްމު ކަންތައްތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ބާ ކައުންސިލުން އިސްކަންދެނީ މާނު ވިދާޅުވިގޮތުންނަމަ ހާލަތު ބަޔާންކުރާ އެސެސްމެންޓެއް ހެދުމެވެ. އޭނާ ވިދާޅުވީ، އެ އެސެސްމެންޓް ބިނާވަނީ ''ބޭސްލައިން ސަރވޭ'' އަކަށް ކަމަށެވެ. ބާ ކައުންސިލުން މަސައްކަތް ކުރަނީ ބޭސްލައިން ސަރވޭ ސުވާލު ކަރުދާސް އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއިއެކު މި އަހަރު ތެރޭގައި ތައާރަފް ކުރުމަށެވެ.

Advertisement

މާނު ވިދާޅުވީ، ބޭސްލައިން ސަރވޭއިން ވަރަށް ތަފްސީލީ ގޮތަކަށް ދިވެހިރާއްޖޭގެ ގާނޫނު ފަންނުގެ ދާއިރާ ބެހިގެންދަނީ ކޮންގޮތަކަށް އެނގިގެންދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ބާ ކައުންސިލުން އެންމެ އިސްކަމެއްދެނީ އިންސާފަށް ވާސިލުވުމަށް ދިވެހި މުޖުތަމައުއަށް ކުރެވެން އޮތް ކަންތައްތަކެވެ. އޭގެތެރެއިން އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއް ކަމަކީ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް މާނު ވިދާޅުވިއެވެ.

މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމައި، އިތުރަށް މަސައްކަތް ކުރުން. އަޅުގަނޑުމެން އެދޭ ގޮތަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ހުރިހާ މެމްބަރުންވެސް، ކޮންމެ މެމްބަރަކުވެސް ކޮންމެވެސް މިންވަރަކަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް.
މައުމޫން ހަމީދު (މާނު ) - ބާ ކައުންސިލްގެ ރައީސް

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ހިލޭ ވަކާލަތު ކުރައްވަން ބޭނުންވާ ވަކީލުންނަށް އިދާރީ އެހިތެރިކަން ބާ ކައުންސިލުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ބާ ކައުންސިލްގެ އަމާޒަކީ މި އަަހަރު ތެރޭގައި ''ކްލިއަރިން ހައުސް'' އެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމެވެ. ކްލައިރިން ހައުސްއަކީ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ވަކީލުންނާއި، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ގުޅުވާލައިދޭ ނިޒާމެޖެވެ.

މާނު ވިދާޅުވި، ގޮތުގައި އެ ނިޒާމަކީ ބާ ކައުންސިލް ވުޖޫދުވުމުގެކުރިން އަމިއްލަ ''ލޯފާމް'' ތަކުން އަމަލުކުރަމުން އައި ނިޒާމެއް ކަމަށެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ބާ ކައުންސިލްގެ 2019 ވަަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ވަނީ ފާސްކޮށްފައެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް