Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 21:58
ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ކެމްޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާ
ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ކެމްޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާ
ޕީޕީއެމް
މިއީ މަގޭ ރާއްޖެ
ބިޔަ ބޮޑު ޖަލްސާއަކާއެކު ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ކެމްޕެއިން ފަށައިފި
މިއީ ފަހުގެ ތާރީހެއްގައި ބޭއްވުނު އެންމެ ބޮޑު އެއް ޖަލްސާ
ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުންތަކެއް ވަނީ ޕީޕީއެމްގެ ޖަލްސާއަށް ކާނިވާ ސަރަހައްދަށް އެއްވެފައި
ޖުމްލަ 673 ކެނޑިޑޭޓަކު ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރޭ

މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭއްވި އެންމެ ބިޔަ ބޮޑު ޖަލްސާއާއެކު ޕީޕީއެމްގެ މަގޭ ރާއްޖެ ކެމްޕެއިން ޖަލްސާ ފައްޓައިފިއެވެ.

ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާއަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެމްޕެއިން ލޯންޗްކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

Advertisement

މި ޖަލްސާގައި ޕީޕީއެމްއިން ގެންގުޅޭނެ ސިޔާސަތުތައް އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަހަރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، އެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށްކަމަށް، ޖަލްސާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދެއްކެވި ކައުންސިލް އިންތިހާބުގެ ސްޓިއަރިން ކޮމެޓީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ކެމްޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާ

މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މާލޭގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއެވެ. ޕީޕީއެމްގެ ކެމްޕެއިންގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ފަރާތުން މާލޭ ސިޓީގެ ހުޅުމާލޭ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ އިބްރާޙިމް ޝުޖާއު ވަނީ ކުރިން ވިދާޅުވެފައެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ޖުމްލަ 673 ވާދަކުރައްވާއިރު، މިއީ މި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބޮޑެތި އިސްލާހުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަދި އިދިކޮޅު ޕިޕީއެމްގެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ފެބްރުއަރީ 2020 | ހޮނިހިރު 10:41
ޞޯލިހ
ބަބުނކެޔޮތައް ފާވަންދެން ނުތިބޭ. ގޯހުންގޯހަށް ހިނގަިދާނެ.
28 ފެބްރުއަރީ 2020 | ހުކުރު 23:00
ޙުނު
އިބޫ އަދިވެސް ވަގުތު އޮށްވާ އަވަސް ހަރުދަނާ ފިޔަވަޅު ތަކެއް އަޅުށްވާ އޭރުން އެމްޑީޕީ ޖަލްސާތަކުން މިޔަށްވުރެ ބޮޑު މަންޒަރު ފެންނާނެ ސަރުކާރުގެ ކަހަބު އިސްޕީޑު ރޮކެޓް އިސްޕީޑައް ބަދަލުކުރޭ