Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 13:05
ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
މަޖިލިސް
ރައީސް ނަޝީދު
އިންޑިއާ އައިޑިއާސް ކޮންކްލޭވް ސެމިނަރގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ!
މިއަދު ހަވީރު ސެމިނަރ ފަށާނެ
މިސެމިނަރގައި ރައީސް ނަޝީދު ވާހަކަަފުޅު ދައްކަވާނެ
އިންޑިއާގެ ސަރުކާރު ހިންގުމަށް ދިމާވާ ދަތިތަކާއި ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރާނެ

އިންޑިއާގެ 06 ވަނަ އިންޑިއާ އައިޑިއާސް ކޮންކްލޭވް ސެމިނަރގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ގުޖުރާތްގައި ކުރިއަށްދާ މި ސެމިނަރގައި ރައީސް ނަޝީދު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ ގަޑިން 16:30 ގައެވެ.

Advertisement

މި ސެމިނަރގެ ބޭނުމަކީ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި ހަރަކާތްތެރިވާ މީހުންނާއި އިންޑިއާ އާއި އިންޑިއާއިން ބޭރުގެ ރައްޔިތުންގެ ތެރެއިން އެކި ކަންކަމުގައި އިލްމު އުނގެނިގެން ތިބި ފުންނާބު އުސް ފަރާތްތައް އެއް މާހައުލަކުން ބައްދަލުކޮށް މަޝްވަރާކުރުމެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސެމިނަރގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިންޑިއާއިން އިސްތިއުމާރާ ދެކޮޅަށް ގެންގުޅޭ އުސޫލާއި ގާނޫނުގެ ކުރީމަތީގައި ރައްޔިތުންގެ ހަމަހަމަކަމުގެ އިތުރުން ޑިމޮކްރަސީ ރީތި މިސާލަށް އެމަނިކުފާނުގެ ޓްވީޓްގައި އަލިއަޅުއްވާލެއްވިއެވެ.

ހުކުރު ދުވަހުގެ ހަވީރު ސެމިނަރ ފަށާއިރު، ނިންމުމަށް ހަމަޖެހިފައިވަނީ 01 މާރޗްވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 އަށްށެވެ.

ދެ ދުވަހާއި ބަޔަށް ކުރިއަށްދާ މި ސެމިނަރގައި އެކިއެކި ދާއިރާތަކުން ފުންނާބު އިސް ބޭފުޅުން ބައިވެރިވާއިރު، މިއަހަރުގެ ޝިއާރާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިގެންދާނެއެވެ.

މިއަހަރުގެ ޝިއާރަކީ ''ޓާރނިންގް ޓު ރޫޓްސް ރެއިޒިންގް ޓު ހައިޓްސް''އެވެ.

މި ސެމިނަރގައި އިންޑިއާގެ ސަރުކާރު ހިންގުމަށް ދިމާވާ ދަތިތަކާއި ރަނގަޅު ކުރަން ހުރި ކަންތައްތަކާއި މެދު މަޝްވަރާކޮށް އެކަން ކަމަށް ރަނގަޅު ހައްލުތަކެއް ހޯދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް