Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 12:15
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
ހައުސިންގް މިނިސްޓްރީ
އައްޑޫ ސިޓީ
އައްޑޫއިން ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތައް ލިސްޓުން އުނިކުރަނީ!
ފުލެޓްތައް އޭގެ ހައްގުފަރާތްތަކަށް ވަރަށް އަވަހަށް ހަވާލުކުރަން ބޭނުންވޭ
15 މާޗްގެ ކުރިން ސޮއިނުކުރެވިވާ ފަރާތްތައް ސޮއިކުރަންޖެހޭ

ހިތަދޫ އާއި ހުޅުދޫ ގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިނުކޮށް ތިބި ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށާއި ހުޅުދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، މިހާރު ހަވާލުނުކޮށް ހުރި ފުލެޓްތައް އޭގެ ހައްގު ފަރާތްތަކަށް ވަރަށް އަވަހަށް ހަވާލުކޮށް ނިންމުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ހިތަދޫ އާއި ހުޅުދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން، ފްލެޓް ލިބިލައްވާފައިވާ އަދި މިހާތަނަށް ފުލެޓް އެގްރީމަންޓްގައި ސޮއިނުކުރެވިވާ ފަރާތްތަކަށް ސޮއިކުރުމުގެ އެންމެ ފަހު ތާރީހަކީ 15 މާޗް 2020 ކަމަށެވެ. މިމުއްދަތުގެ ތެރޭގައި ސޮއި ނުކުރާ ފަރާތްތަކުގެ ފުލެޓްތައް ކެންސަލް ކުރެވި ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ''ގެދޮރުވެރިކަމުގެ'' ޕްރޮގްރާމް ދަށުން އައްޑޫ ސީޓީގެ އެންމެ ބޮޑު ރަށް ހިތަދޫގައި 268 ފްލެޓް އިމާރާތްކޮށްފައިވާއިރު، ހުޅުދޫގައި 42 ފްލެޓް އިމާރާތްކޮށްފައިވެއެވެ.

މިފްލެޓްތައް އެޅުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ 2018 ވަނަ އަހަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް