Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 07:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
މޯލްޑިވްސް ޕޮލިސް ސަރވިސް
ޔާމީނު ފުލުހަށް ހާޒިރު ކުރީ މީގެކުރިން ޝަރީއަތް ހިންގާފައިވާ މައްސަލައަކާއި ގުޅިގެނެއް ނޫން
ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން
ތަޙްޤީޤް މަރުހަލާގައި ޤާނޫނީ ގޮތުން އަންގަން ޖެހޭ އެންގުންތައް ލިޔުމުން ވަކީލުންގެ ހާޒިރުގައި އެންގިފައިވާކަމަށް ފުލުހުން ބުނޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މީގެކުރިން އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގާފައިވާ މައްސަލައަކާއި ގުޅިގެންނެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ޔާމީނުގެ ވަކީލުންނާ ހަވާލާދީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅޭގޮތުން ލިޔެފައިވާ ބައެއް ޚަބަރުތަކާއި ގުޅިގެން ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން ފުލުހުން ބުނީ ބުރާސްފަތި ދުވަހު ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މީގެކުރިން އެމަނިކުފާނުގެ މައްޗަށް ތަޙްޤީޤްކުރެވި, ޝަރީއަތް ހިންގާފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ. ފުލުހުން ބުނީ އެ ތަޙްޤީޤުގައި ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއި އަދި ތަޙްޤީޤު މަރުހަލާގައި ޤާނޫނީ ގޮތުން އަންގަން ޖެހޭ އެންގުންތައް ލިޔުމުން ވަކީލުންގެ ހާޒިރުގައި އެންގާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޔާމިނު ފުލުހަށް ހާޒިރުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77,504,912.00 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމް.އެމް.ޕީ.އާރް.ސީ އަށް 220,704,546 ރުފިޔާ (ދުއިސައްތަ ވިހިމިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާލޯންޑަރ ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގައި ކަމަށެވެ.

އަދި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމް.އެމް.ޕީ.އާރް.ސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1,900,000 ރުފިޔާ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އެ މައްސަލައަކީ މީގެކުރިން ވެސް އެމަނިކުފާނާއި ސުވާލުކުރެވި ތަޙްޤީޤު ކުރެވެމުން އައި މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީންއާއި ސުވާލު ކުރެވުނު ދެވަނަ މައްސަލައަކަށް ފުލުހުން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1,118,000 ( އެއްމިލިއަން އެއްލައްކަ އަށާރަހާސް ޔޫ.އެސް ޑޮލަރު) ނަގައި އެފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރ ކޮށްފައިވާ މައްސަލަ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަތަކާއި ގުޅިގެން އެމަނިކުފާނާއި ސުވާލުކޮށް ބަޔާން ނަގާފައިވާނެ ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވާ ވަކީލުން އެ އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރެވޭ ތަޙްޤީޤުތަކާއި އަދި އެފަދަ ތަޙްޤީޤުތަކާ ގުޅިގެން ހިންގޭ އިޖުރާޢަތުތައް ރައްޔިތުންނަށް އޮޅި އެސަރވިސްގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަމަލުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް