Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:39
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެ އެމްވީ
އިސްލާމިކް މިނިސްޓްރީ
އުމްރާއަށް މީހުން ގެންދިއުން މަޑު ޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް އަންގައިފި
ސައުދީއަށް ޓޫރިސްޓު ވިސާގައި އައުންވެސް ވަނީ މަނާކޮށްފައި
އުމްރާއަށް މީހުން އައުން މަނާކުރީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރޭ
ކޮވިޑް19 ދަނީ ހަލުހި މިނެއްގައި ފެތުރެމުން

ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާއަށް މިދުވަސްވަރު އެތެރުވުން މަނާކޮށްފައިވާތީ އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާއިން އުމްރާއަށް ވިސާދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާރުން ފެށިގެން ވަގުތީގޮތުން ސައުދީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިއުލާންކޮށްފައިވާތީ އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަކަށް މިނިސްޓްރީން އަންގާފައިވާ ކަަމަށެވެ.

ސައުދީގެ ފޮރިން އެފެއަރޒް އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ސައުދީއަށް ޓޫރިސްޓު ވިސާގައި އައުންވެސް މަނާކޮށްފައިވާ ކަމަށެވެ. އުމްރާއަށް މީހުން އައުން މަނާކުރީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއްނުވެ އެވެ. މިވައިރަސް ފެތުރެމުންދާގޮތް ގާތުން ބަލަމުންދާ ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ.

Advertisement

ބައްޔާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ އެހެން ޖަމާއަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސައޫދީން ވެސް އަމަލުކުރަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.

މިވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލާ އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލާފަ އެވެ.

މިހާތަނަށް މިވައިރަސް ޖެހިގެން 2801 މީހުން ވަނީ މަރުވެފަ އެވެ. އަދި މިވައިރަސް 80،000 ށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް