Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 07:17
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖެންޑަރ މިނިސްޓްރީ
މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނާ ގުޅޭ ޖިންސީ ހާނިއްކައިގެ މައްސަލަތައް: މިނިސްޓްރީ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 121 މައްސަލަ ހުށައެޅިފައިވޭ
އޭގެ ތެރެއިން 48 މައްސަލައަކީ ޖިންސީ ހާނިއްކައާ ގުޅޭ މައްސަލަ
ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ ހުށައެޅިފައިވޭ

ކުޑަކުދިންނާ ގުޅޭގޮތުން ނިމިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން ހުށައެޅިފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޖެންޑަރ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 121 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 48 މައްސަލައަކީ ޖިންސީ ހާނިއްކައާ ގުޅޭ މައްސަލަތަކެވެ.

އޭގެ އިތުރުން، އިހުމާލުވުމުގެ 43 މައްސަލައާ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ގަނާ އަދި ފުރައްސާރަކުރުމުގެ 4 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

މިނިސްޓްރީން އިތުރަށް ބުނީ، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 16 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ 3 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ މިދިޔަ މަހު ހުށައެޅިފައިވާއިރު، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 9 މައްސަލައެއްވެސް މިދިޔަ މަހު ހުށައެޅިފައިވެއެވެ.

މިނިސްޓްރީން ބުނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއާ ގުޅޭގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ ކަމަށާއި، އެ ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައެޅިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް