Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 21:26
އޭދަފުސީ ހޮސްޕިޓަލް - އޭދަފުށީގައި ފާނުބަސަންދު އަންނީ އިތުރުވަމުން
އޭދަފުސީ ހޮސްޕިޓަލް - އޭދަފުށީގައި ފާނުބަސަންދު އަންނީ އިތުރުވަމުން
ފޭސްބުކް
ފާނަބަސަންދު ފެތުރުން
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރު
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވިނަމަވެސް ނުރައްކާތެރި ހިސާބަކަށް ނުދޭ

ބ. އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

 

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އަދި ފާނަބަސަންދުޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީވެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އާއްމު އެއްވުންތަކާއި، ހަރަކާތްތައް ކުރިއަށް ނެގެންދިއުމަށާއި، ބޭނުމެއް ނެތްގޮތުގައި ބޭރަށް ނިކުމެއް ހަރަކާތްތެރިނުވުމަށް އިލްތިމާސްކުރެ އެވެ.

 

އަތޮޅު ހޮސްޕިޓަލުން ވަނީ، ފަނަބަސަންދު ފެތުރޭތީ، އެކަން ސުކޫލު ކުދިންނަށާއި، ބެލެނިވެރިންގެ ސަމާލުކަމަށްވެސް ގެނެސްފަ އެވެ. އާންމުކޮށް ފާނަބަސަންދު ޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލިޖެހެއެވެ. ފާނަބަސަންދަކީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކައުތެރި ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.

 

ބަލީގެ އެންމެ ފުރަތަމަ ޢަލާމާތް ތަކަކީ ހުން އައުމާއި، ބޮލުގައި ރިއްސުމާއި ކަރުތެރެއަށް ތަދު ވުމެވެ. މިއާއެކު ލޮޑުވުމާއި ކާހިތް ނުވުން ފަދަ ކަންތައް މެދުވެރިވެދާނެ އެވެ. މިފަދަ ޢަލާމާތްތައް ފެންނަތާ އެކެއް ނުވަތަ ދެ ދުވަސްފަހުން ބިހި ނަގަން ފަށައެވެ. ހުން އައުން ފަދަ ޢަލާމާތަކާއި ނުލައި ވެސް ބައެއް މީހުންގެ ގައިގައި ފޮޅުނަގައެވެ.

 

ފާނަބަސަނދު ޖެހުމަށްފަހު ގިނަމީހުންގެ ހަށިގަނޑުން މިޖަރާސީމު ނުފިލައި ގާތްގަނޑަކަށް މުޅި ޢުމުރަށް ދެމިހުރެއެވެ. އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ ފާނަބަސަނދުގައި ނަގާކަހަލަ ފޮޅު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ނަގާގޮތް މެދުވެރިވެ އެވެ. މިއަށް ކިޔަނީ ޝިންގަލްސް ނުވަތަ ހާރޕީސް ޒޮސްޓަރ އެވެ.

 

އަލާމާތްތަކުގެ ތެރޭގައި:

  • ވަރުބަލިކަން އިހްސާސްކުރެވުން
  • ހުންއައުން
  • ކާހިތްނުވުން
  • ބޮލުގައި ރިއްސުން
  • ކެއްސުން
  • ކަރަށް ތަދުވުން
  • ބަނޑުގައި ރިއްސުން
  • ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން: ފުރަތަމަ ހަންގަނޑު ހިރުވުމަށްފަހު ހަންގަނޑުގައި ރޭޝަސް އުފެދެއެވެ. ފަހުން މި ރޭޝަސްތައް ބްލިސްޓަރސް (ފެންއަރާފައި ހުން ބިހި) ތަކަކަށް ބަދަލުވެއެވެ. ދޮންމީހުންގެ ގައިގައި މި ބިހިތައް ހުންނާނީ ރަތްކޮށެވެ. އާދައިގެ ކުއްޖެއްގެ ގައިން 250 އާއި 500 އާ ދެމެދުގެ އަދަދަކަށް މިޒާތުގެ ބިހި ފެނެއެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް