ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 07:53
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަން ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކުރަން ނިންމީ އެއްމަސްދުވަހަށް
ސަސްޕެންޑްކުރީ މުސާރާއާ އިނާއަތްތައް ނުލިބޭ ގޮތަށް
މީގެ ކުރިން ވެސް އަޒީމްގެ މައްސަލައެއް ބަލާފައިވޭ

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ޙަސަން ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން މިހެން ނިންމީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 18 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީއިން މެޖިސްޓްރޭޓް ކޯޓުގެ އަޒީމް ސަސްޕެންޑް ކުރަން ނިންމީ މެޖިސްޓްރޭޓް އަޒީމް ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރު ހޯދުމާއި، އެ ދަތުރުތަކާއި ގުޅޭ ވިޔަފާރީގައި ޢަމަލީގޮތުން މެޖިސްޓްރޭޓް އަޒީމް ހަސަން އުޅެފައިވާކަން ސާބިތުވާތީ މެޖިސްޓްރޭޓް އަޒީމްގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމުގައިވާތީ ކަމަށް ޖޭއެސްސީން ބުނެއެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް އަޒީމް ޙަސަނަށް މުސާރައާއި ޢިނާޔަތް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން 01 މަސްދުވަހަށް މަނާކުރާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެއެވެ.

މީގެ އިތުރުން އަޒީމްގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީއިން މީގެ ކުރިން ބަލާފައިވެއެވެ. ނަމަވެސް އެ މައްސަލާގައި އޭނާގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވެއެވެ.

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ.

- ކޮމެންޓް