ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެންމެ އެކަށީގެންވާ މަހައުލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަސީލަތްތައް މަދުވުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ކުޑަކުދިންގެ ހައްގު ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީންގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަށް އެންމެ ރައްކާތެރި މަހައުލެއް ހޯދައިދީ އެކަށިގެންވާ ރައްކާތެރި ކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ބޮޑެތި ގޮންޖެހުންތަކަކާއި އެކު ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޔުމްނާ ފާހަގަކުރެއްވީ އެ މިނިސްޓްރީގައި ވަސީލަތްތައް މަދުކަމެވެ.
އަޅުގަނޑުމެންނަށް އިޖްތިމާއީ ދާއިރާއަށް، މިސާލަކަށް އެކުލަވައިލެވިފައި އޮންނަ ބަޖެޓްގެ ތެރެއިންވެސް އަސްލު އެ ޕްރަރަޓައިޒް ނުވެދާތަން ފާހަގަވެގެންދޭ. އެއާއި އެކު ވެސް މިހާރުވެސް ހުރި ވަސީލަތްތަކާއި އެކުވެސް ކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ސަމާލުކަން ދިނުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ.ފަތިމަތު ޔުމްނާ - ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެކަށީގެންވާ ވަރަށް އަޅާނުލާ މައްސަލައާ އެ ކުދިންނަށް ދޭން ޖެހޭ ސަމާލުކަން ނުދޭ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ތިލަވާ މައްސަލަތަކެެވެ. ޖެންޑަރގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގަނީ އާއިލާގައި ނުވަތަ ގާތް ތިމާގެ އެއްވެސް ގޮތަކަށް ކުއްޖަކު ބެލޭނެ ހާލަތެއް ނެތުމުންނެވެ. ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ކުދިން ބައިތިއްބާ ތަންތަނާއި ގުޅޭ ގޮތުން ލިބޭ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، އަލަަށް އެކުލަވައިލި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޔުމްނާ ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށްވާން ޖެހެނީ ޖެންޑަރ މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުގައި ތިބޭ މުއައްސަސާތައް، ކުޑަ ކުދިންގެ ގާނޫނަށް އަހުލުވެރި ކުރުން ކަމަށެވެ.
އަދި އޭގެ އިތުރުން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި މަސައްކަތް ކުރާ ފަރާތްތައް ގާނޫނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ކަމަށެވެ. ގާނޫނުގައި ހުރި ބައިތަކަށް މީހުން އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.