Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 20:13
ޝިދާތާ ޝަރީފް
ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
އަދާލަތު ޕާޓީ
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
ޕާސްޕޯޓް ހިފަހައްޓާފައިވާ ވަކި ސަބަބަެއް ނައަންގާ

އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސްވެއްޖެ ކަމަށާއި ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝިދާތާ ވިދާޅުވީ، އެންމެ ފުރަތަމަ ޕާސްޕޯޓް އަތުލީ އިމިގްރޭޝަން ސިސްޓަމަށް ބޭނުންވާ ކަމެއް ކުރުމަށް ކަމަށާއި އަދި ފަހުން އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓް އަތުލާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަަމަށެވެ. ޝިދާތާ ވިދާޅުވީ ކޯޓު އަމުރު ދެއްކުމަށް އޭނާ އެދުމުން އިމިގްރޭޝަނުން ބުނެފައިވަނީ އެ އަމުރަކީ އެމީހުންގެ ސިސްޓަމަށް އައިސްފައިވާ އަމުރެއް ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓި ކަމަށް އިމިގްރޭޝަނުން ދިން ލިޔުމުގާ ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފެހެއްޓުމަށް އެދިފައިވާކަން އެނގޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ނަމަވެސް އެވަގުތު ފުލުހުންގެ އަމަލުތައް ހުރިގޮތުން ވަނީ ކީއްކަން ފުލުހުންނަށް ވެސް މާބޮޑަށް އެނގޭ ކަމަށް ނުބެލެވޭ ކަމަށެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން ޝިދާތާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ވެއެވެ. ނަމަވެސް ދޫކޮށްލި އިރު ވެސް ޕާސްޕޯޓް ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކީއްވެގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު ޖެންޑާ މިނިސްޓްރީގައި ޝިދާތާ ހުންނެވި ދުވަސްވަރު މަންމައަކު އަނިޔާކޮށްގެން މަރުވި އިބްތިހާލްގެ މައްސަލައާ ގުޅިގެން އޭރު މިނިސްޓްރީގައި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް