Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 23:23
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ
ރާއްޖެއެމްވީ
އޮޑިޓް ރިޕޯޓް 2018
ކުތުބުހާނާއާއި އެކަޑަމީން އެއް މަސައްކަތެއްގެގޮތުގައި ކުރެވޭ މަސައްކަތްތައް ބަހާލައިގެން ކޮށްފައިވޭ: އޮޑިޓް
3 ފަރާތަކުން އަގު ހޯދާފައިވާއިރު، ހުރިހާ ކޯޓޭޝަނެއްވެސް ހޯދާފައިވަނީ އަބަދުވެސް އެއް ފަރާތްތަކަކުންކަން ފާހަގަކޮށް، މިގޮތަށް މިކަން ކޮށްފައިވަނީ ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ ބޭނުމުގައި

ޤައުމީ ކުތުބުޚާނާ އާއި ދިވެހިބަހުގެ އެކެޑަމީން ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭ މަސައްކަތްތައް ބައި ބަޔަށް ބަހާލައިގެން ތަފާތު މަސައްކަތް ތަކުގެ ގޮތުގައި ކުރުވާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެއް މަސައްކަތެއްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތައް ބައިބައި ކޮށްގެން ވަކި މަސައްކަތްތަކެއްގެ ގޮތުގައި ކޮށްފައިވާ ކަމަށެވެ. އަދި ޕްރޮކިއުމަންޓްގެ ވާދަވެރިކަން ގެއްލޭ ގޮތަށް އެއްކަމެއްގެ ގޮތުގައި ބެލެވޭ ކަންކަން ވަކިވަކި ނުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.29 ގައި ބަޔާންކޮށްފައި ވީނަމަވެސް، ޤައުމީ ކުތުބުޚާނާ އާއި ދިވެހިބަހުގެ އެކެޑަމީން ކުރުވާފައިވާ މަސައްކަތް ތަކުގެ ތެރެއިން އެއް މަސައްކަތެއްގެ ގޮތުގައި ބެލެވޭ މަސައްކަތްތައް ބައި ބަޔަށް ބަހާލައިގެން ތަފާތު މަސައްކަތް ތަކުގެ ގޮތުގައި ކުރުވާފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ޤަ އުމީ ކުތުބުޚާނާއިން 171,900 (ސަތޭކަ ހަތްދިހަ އެއް ހާސް ނުވަ ސަތޭކަ) ރުފިޔާ ޚަރަދު ކޮށްފައިވާއިރު، މީގެ އިތުރުން ދިވެހިބަހުގެ އެކެޑަމީން 2016 އަދި 2017 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް 776,628 (ހަތް ސަތޭކަ ހަތްދިހަ ހަ ހާސް ހަ ސަތޭކަ އަށާވީސް) ރުފިޔާ ޚަރަދު ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަން މިގޮތަށް ކޮށްފައިވަނީ، 35,000 (ތިރީސް ފަސް ހާސް) ރުފިޔާއަށް ވުރެ އަގު ބޮޑު މަސައްކަތެއް ނަމަ ޢާއްމުކޮށް އިޢުލާން ކުރަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، އިޢުލާން ނުކޮށް މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައިކަން ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން، 3 ފަރާތަކުން އަގު ހޯދާފައިވާއިރު، ހުރިހާ ކޯޓޭޝަނެއްވެސް ހޯދާފައިވަނީ އަބަދުވެސް އެއް ފަރާތްތަކަކުންކަން ފާހަގަކޮށް، މިގޮތަށް މިކަން ކޮށްފައިވަނީ ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމުގެ ބޭނުމުގައިކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. އަދި މިޚަރަދުތަކަކީ ދުރާލާ ރޭވިގެންކޮށްފިނަމަ، މިއަށްވުރެ ކުޑައަގަކަށް ކުރެވޭނެ މަސައްކަތްތައް ކަމުގައި އޮޑިޓް ރިޕޯޓުގފައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.29 ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަކިގޮތަކަށް ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭގޮތަށް އެއްކަމެއްގެ ގޮތުގައި ބެލޭ ކަންތައްތައް ވަކިވަކި ނުކުރުމަށް އަންގަފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް