Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 22:19
ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކުން ދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ޢަމަލުކުރަމުން
ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކުން ދަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ޢަމަލުކުރަމުން
ޓްވިޓަރ
ކޮވިޑް-19
ޗައިނާއިން އައި 2 ދިވެހިން ކަރަންޓީންކޮށްފި
ދެމީހުން ގައިންވެސް ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތެއް ފެނިފައި ނުވޭ
ދެ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރާނެ
އެ ދެ ދިވެހިންވެސް މިވަގުތު ތިބީ ފަރުކޮޅުފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީގަ

މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެއިން ޢަމަލުކުރަމުންދާ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލްގެ ދަށުން ޗައިނާއިން އެނބުރި އައި 2 ދިވެހިން ކަރަންޓީންކޮށްފިއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އެކި ޤައުމުތަކުގައި ފެތުރެމުންދާއިރު، ރާއްޖެއިންވެސް ޢަމަލުކުރަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތަށެވެ.

އެގޮތުން ހެލްތު މިނިސްޓްރީން ބުނީ، ރާއްޖެއިން ޢަމަލުކުރަމުންދާ ޕްރޮޓޮކޯލްތަކުގެ ދަށުން ޗައިނާއިން އެނބުރި އައި 2 ދިވެހިން ކަރަންޓީންކޮށްފައިވާ ކަމަށާއި، އެ ދެމީހުން ގައިންވެސް ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ޗައިނާއިން އެނބުރި އަންނަ ދިވެހިން ކަރަންޓީން ކުރާ އުސޫލުން އެ ދެ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Advertisement

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެ ދެ ދިވެހިންވެސް މިވަގުތު ތިބީ ފަރުކޮޅުފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީގައެވެ. މިނިސްޓްރީން އިތުރަށް ބުނީ، ކޮވިޑް-19 އާ ގުޅިގެން ޢާންމުކުރަންޖެހޭ މައުލޫމާތުތައް ލަސްނުކޮށް ޢާންމުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ.

ރާއްޖެއިން އަދި މި ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް ރާއްޖެއިން ޢަމަލުކުރަމުންދާ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ދާދި ފަހުން ވުހާންއިން އެނބުރި އައި 7 ދިވެހިން ދިއްލީގެ ކަރަންޓީން ފެސިލިޓީއެއްގައި ބައިތިއްބައި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ 7 ދިވެހިންވެސް ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައިސްފައެވެ. އެގޮތުން އެ 7 ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް