Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 19:10
އެމްޑީޕީން ކުރިއަށް ގެންދިޔަ އިންތިޚާބެއްގެ ތެރެއިން
އެމްޑީޕީން ކުރިއަށް ގެންދިޔަ އިންތިޚާބެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް 710 ކެންޑިޑޭޓުން ފޯމް ހުށަހެޅި!
މިއީ ލިބުނު ކާމިޔާބީއެއް
މިމަހުގެ 27ގެ ކުރިން ރީރަޖިސްޓްރީ ކުރަންޖެހޭ
27ގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ހުޅުވާލާނެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެމްޑީޕީގެ ފަރާތުން 710 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

އަންގާރަ ދުވަހު އެމްޑީޕީގެ ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހޯމަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، އެމްޑީޕީގެ ފަރާތުން 710 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

އަފްޝަން ވިދާޅުވީ ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލުމަކީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އެހެންކަމުން މިކަން ވެސް އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް މިކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަން. އަދި ހަމައެއާއެކު އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން މިދަނީ ބައެއް ސުންގަޑިތައް ފާހަގަކުރަމުން. މިއާންމުންނާއި އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކެންޕޭންޓީމްތަކަށް މައުލޫމާތަށްޓަކައި އަޅުގަނޑުމެން ހިއްސާކުރަމުންދާ ސުންގަޑިތައް.
ސްޕޯކްސްޕާސަން އަފްޝަން ލަތީފް

އަފްޝަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެހެންތަނެއްގައި ވޯޓުލާން ޖެހޭނަމަ މިމަހުގެ 27 ގައި ރީރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ. އަދި ރީރަޖިސްޓްރޭޝަންގެ އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ކެންޕޭން މައި އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ 27 ފެބްރުއަރީގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް