Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 19:35
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްއާރުޑީސީ
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
މަސައްކަތް ނިންމަން ޖެހެނީ ހަ މަސް ދުވަސް ތެރޭގައި

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް ސަރުކާރުން ރަށްރަށުގެ މަގުތައް ހެދުމަށް އުފައްދާފައިވާ، މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެމްއާރުޑީސީ) އާ ހަވާލު ކޮށްފިއެވެ.

ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ޖެޓީ ހެދުމަށް ނިންމާފައި ވަނީ ބ ފެހެންދޫ، ބފުޅަދޫ، ރ ރަސްގަތީމް، ވ ފުލިދޫ، ވ ރަކީދޫ، މީގެއިތުރުން މ ރަތްމަންދޫ އެވެ.

މަސައްކަތްތު އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި މިނިސްޓަރު މުހައްމަދު މުއިއްޒުއެވެ. އަދި އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލްްެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ މިއަހަރުގެ ބަޖެޓްގައި ހިމަނައި، ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ބ، ފެހެންދޫގެ ޖެޓީ ހެދުމަށް ދާނެ ހަރަދަކީ ގާގްގަޑަކަށް 2.2 މިލިޔަން ރުފިޔާ ކަމަށާއި ބ ފުޅަދޫ ޖެޓީ ހެދުމުގެ މަސައްކަތަށް ދާނެ ކަމަށް ލަފާ ކުރެވެނީ 2.2 މިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުތުރުން ރ، ރަސްގަތީމް ޖެޓީ ހެދުމަށް 3.3 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭއިރު ވ، ފުލިދޫ އަސް 2.5 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށާއި ހަމައެހެންމެ ވ. ރަކީދޫ އަށް 1.8 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށާއި އަދި މ ރަތްމަންދޫ އަށް 2.2 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުޑީސީގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލު ކުރާނެ ކަމަށާއި އެގޮތުން މިއަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސައްކަތް ނިންމާ ހައުސިން މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް ނިމާލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް