Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 14:03
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން
އިމްރާން، ޔާމީނާއި ބައްދަލުކުރެއްވީ އަމިއްލަފުޅަށް ބޭނުންވެގެން: ކޮމިޝަނަރ އޮފް ޕްރިޒަންސް
މިނިސްޓްރ އިމްރާން ކުރީގެ ރައީސް ޔާމީނާއި ބައްދަލުކުރެއްވީ ސީޕީގެ ހާޒިރުގައި
ބައްދަލުކޮށް ދެކެވުނު ވާހަކަތައް މީޑިއާއަށް ހިއްސާކުރެވެން ނެތް
ޔާމީނާއި ބައްދަލުކުރެއްވީ މިނިސްޓަރ އަމިއްލަފުޅަށް ބޭނުންވެގެން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލުކުރެއްވީ އަމިއްލަފުޅަށް ބޭނުންވެގެންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން, މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް ޔާމީންއާ ހޯމަ ދުވަހު ބައްދަލު ކުރައްވައިފައިވާކަން ހާމަކޮށް، ކަރެކްޝަނަލް ސާރވިސް އިން ބުނެފައިވަނީ އިމްރާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް ހޯމަ ދުވަހު ޒިޔާރަތް ކުރައްވާ އާންމު ހާލަތު ބައްލަވާލައްވައިފައިވާކަމަށެވެ. އެގޮތުން، މިޒިއާރަތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައިވާކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، މިނިސްޓްރ އިމްރާން ކުރީގެ ރައީސް ޔާމީނާއި ބައްދަލުކުރެއްވީ އޭނާގެ ހާޒިރުގައިކަމަށާއި ބައްދަލުކޮށް ދެކެވުނު ވާހަކަތައް މީޑިއާއަށް ހިއްސާކުރެވެން ނެތްކަމަށެވެ. މީގެ އިތުރުން "ޕަރސަނަލީ ރައީސް ޔާމީނާއި ބައްދަލުކުރެއްވީ މިނިސްޓަރ ބޭނުންފުޅުވެގެން" ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޔާމީން އައިޖީއެމްއެޗްގައި ފަރުވާ ހޯއްދެވުމަށްފަހު އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހުގައެވެ. ކަރެކްޝަންސް އިން ބުނީ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި ހެދުމަށް ހަމަޖެހިފައިވާ ޓެސްޓުތައް ހެދުމަށްފަހު ރައީސް ޔާމީން ދޫކޮށްލާފައިވާކަމަށެވެ. އެއާއެކު އަނބުރާ ޖަލަށް ޔާމީން ގެންގޮސްފައިވާކަމަށް ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލް "ރާއްޖެއެމްވީ" އަށް މަޢުލޫމާތުދެއްވަމުން ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔާމީން އޮންނެވީ އައިޖީއެމްއެޗްގައި ޓެސްޓުތަކެއް ހެއްދެވުމަށެވެ.

ޔާމީން އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފައިވާއިރު ހޯމަ ދުވަހުގެ މެންދުރު ހައިކޯޓުގައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޙުކުމްގެ އިސްތިޢުނާފްގެ އަޑުއެހުމެއް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް