Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 19:14
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
މުހައްމަދު ޝަރުހާން
މަސީހުގެ ވޯޓް
މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި
ޖަވާބުދާރީވުމަށް މަސީހަށް 30 މިނެޓްގެ ވަގުތުކޮޅެއް ލިބިލައްވާނެ
އެމައްސަލައަށް ބަހުސް ކުރުމަށް މެމްބަރުންނަށް 90 މިނެޓްގެ ވަގުތުކޮޅެއް ލިބިލައްވާނެ
ވޯޓަށް އެހުން އޮންނާނީ މެންދުރުފަހު 13:30ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މައްޗަށް ހުށަހަޅުއްވާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.

 

މަސީހު އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ އާއްމު ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެމައްސަލާގައި މަސީހު ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތު ކޮޅެއް ދެއްވުމަށެވެ.

 

އެގޮތުން އެމައްސަލަ ފެށުމުގެ ގޮތުގައި މަސީހަށް 10 މިނެޓްގެ ވަގުތުކޮޅެއް ލިބިލެއްވުމަށްފަހު، މަޖިލީހުގެ މެބްބަރުން އެމައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލެވޭނެ އެވެ. އޭގެ ފަހުން މެމްބަރުންގެ ވާހަކަތަކަށް ނުވަތަ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަސީހަށް 10 މިނެޓްގެ ވަގުތު ކޮޅެއް ލިބިލައްވާނެ އެވެ. މެމްބަރުންނަށް ޖުމްލަ 90 މިނެޓް ބަހުސްކުރުމަށް ލިބިލެއްވުމަށްފަހު، ފަހުބަސް ވިދާޅުވުމަށް މަސީހަށް 10 މިނެޓް ލިބިލައްވާނެ އެވެ.

 

ހޯމަ ދުވަހުގެ ޖަލްސާ ފަށާނީ ހެނދުނު 09:00ގަ އެވެ. މަޖިލީހުގައި އާއްމުކޮށް ވޯޓަށް ނެގުން އޮންނަނީ މެންދުރުފަހު 13:30ގައި އެވެ.

 

މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން އެމައްސަލަ ހުށަހެޅި އިދިކޮޅު އިއްތިހާދުން ބުނަނީ އެމައްސަލަ ކާމިޔާބު ކުރައްވާ، މަސީހު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ބޭރުކުރެވޭނެ ކަމަށެވެ. ހަމައެގޮތަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަނީ އިދިކޮޅު ފަރާތްތައް ލަދުގަންނަވާލައްވާނެ ކަމަށާއި މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ބޭރު ކުރެވޭވަރަށް އިދިކޮޅު ފަރާތްތަކަށް ވޯޓު ނުހޯއްދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް