ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 10:23
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން
ޓްވިޓަރ
ކޮރޯނާވައިރަސް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 2,698 އަށް، ރަނގަޅުވި މީހުންގެ އަދަދު 27,323 އަށް
ޗައިނާއިން ހޯމަ ދުވަހު މިވައިރަސް ޖެހިގެން މަރުވެފައިވަނީ 71 މީހުން
ޗައިނާއިން ބޭރުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 35 ގައި
މުޅި ދުނިޔެއިން މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 80,067 އަށް އަރާފައި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2,698 ށް އަރައިފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު ޗައިނާއިން ހޯމަ ދުވަހު މިވައިރަސް ޖެހިގެން މަރުވެފައިވަނީ 71 މީހުންނެވެ. މީގެތެރެއިން 68 މީހުންނަކީ ހޫބޭ ޕްރޮވިންސުން މަރުވި މީހުންނެވެ. އެއާއެކު ޗައިނާއިން މިހާތަނަށް މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2,663 ށް އަރާފަ އެވެ.

ޗައިނާއިން ބޭރު އެހެން ގައުމުތަކުން މިހާތަނަށް މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 35 ގަ އެވެ. އެގައުމުތަކަކީ:

  1. އިރާން: 12 މީހުން
  2. ސައުތުކޮރެއާ: 7 މީހުން
  3. އިޓަލީ: 7 މީހުން
  4. ޖަޕާން: 4 މީހުން
  5. ހޮންގ ކޮންގ: 2 މީހުން
  6. ފިލިޕީންސް: 1 މީހުން
  7. ފްރާންސް:1 މީހުން
  8. ތައިވާން: 1 މީހުން

ހޯމަ ދުވަހު މިވައިރަސް އަލަށް 508 މީހުންނަށް ވަނީ ޖެހިފައެވެ. މިހާތަނަށް ޗައިނާއިން 77,658 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. އަދި މުޅި ދުނިޔެއިން މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 80,067 އަށް އަރާފަ އެވެ.

އިއްޔެ ވަނީ ކުވޭތާއި، ބަހްރެއިނާއި، އަފްޣާނިސްތާނާއި، އިރާޤާއި، އޮމާނުން ފުރަތަމަ ފަހަރަށް މި ވައިރަސް ފެނިފައެފެ. އެގޮތުން ކުވޭތުން 3 މީހުން، އޮމާނުން 2 މީހުން، އަދި އިރާޤާއި ބަހްރެއިނުން، ކޮންމެ ޤައުމަކުން އެކަކު ވަނީ މިވައިރަސް އަށް ޕޮޒިޓިވް ވެފައެފެ.

މިހާތަނަށް އާއިރު މިވައިރަސް ޖެހުނު 27,323 މީހުން ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް