ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 08:43
ރަންބީރު ކަޕޫރު
ރަންބީރު ކަޕޫރު
ގޫގުލް
ބޮލީވުޑް
ރަންބީރުގެ ފޭނުންނަށް މިއަހަރަކީ އުފާވެރި އަހަރެއް
ރަންބީރުގެ ދެ ފިލްމެއް މިއަހަރު ބެލުންތެރިންނާއި ހަމައަށް އަންނާނެ
ރަންބީރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޫއިން

ފާއިތުވި އަހަރު ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ގެ ފިލްމެއް ބެލުންތެރިންނާއި ހަމައަށް އައިސްފައި ނުވި ނަމަވެސް މިއަހަރު ވެގެންދާނީ އޭނާގެ ފޭނުންނަށް އުފާވެރި އަހަރަކަށެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަހަރު ތެރޭގައި ރަންބީރުގެ ދެފިލްމެއް ރިލީޒް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ "ޝަމްޝީރާ" އެވެ. ކަރަން މަލޯތުރާ ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ގައެވެ. ރަންބީރުގެ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ ވާނީ ކަޕޫރާއި ސަންޖޭދަތު އެވެ. މީގެ އިތުރުން، އެނާގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި އެކު ލީޑްރޯލުން ފެނިގެންދާ ފިލްމް " ބްރަމާސްތްރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއއަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

މި ފިލްމުގައި އަމީތާބް ބައްޗަން އަދި މޯނީ ރޯއީވެސް ޚާއްސަ ރޯލްތަކަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން ޚާއްސަ ފެނިލުމަކުން ޝާހުރުކް ޚާން ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަންބީރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމް "ސަންޖޫ" އިންނެވެ. މި ފިލްމުން ރަންބީރު ވަނީ ބެސްޓް އެކްޓަރ އެވޯޑްވެސް ހާސިލު ކޮށްފައެވެ.

ރަންބީރު ވެގެން ގޮސްފައިވަނީ ކާމިޔަބު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ތަރިއަކަށެވެ. ރަންބީރުގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައު "ބަރްފީ"، "ތަމާޝާ"، ރޮކްސްޓާ" ގެ އިތުރުންވެސް ގިނަ ފިލްމުތައް ހިމެނެއެވެ.

- ކޮމެންޓް