ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި، ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ހޯދަން ހައުސިން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި، ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކައް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ، އެ މަސައްކަތްކުރުމަށް އެފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާތީ، "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތައް މިނިސްޓްރީއަށް އެކަން ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން ޢަރަބިއްޔާ އާއި ގާކޮށިން ފުލެޓު ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށް ފަހު ފުލެޓު ޙަވާލުނުކުރެވިވާ ފަރާތްތަކާއި، މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ، ސަރުކާރުން ލިޔުންދީ ބިން ޙަވާލުނުކުރެވިވާ ފަރާތްތަކުގެ މަޢުލޫމާތު ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން، ހައުސިން މިނިސްޓްރީން ބުނީ "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި ،ޢަރަބިއްޔާ އިން ފުލެޓު ލިބޭނެކަން އެންގި ލިޔުން، "ވެށިފަހި މާލެ" ޕްރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި، ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ، ލިޔެކިޔުންތައް 24 ފެބްރުއަރީވާ ހޯމަ ދުވަހުން ފެށިގެން 22 މާރިޗު ވަނަ ދުވަހުގެ ގެ 14:00ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ.