Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 16:28
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އިފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މާބަނޑު މީހަކު މަރުވެއްޖެ
މަރުވެފައިވަނީ 29 އަހަރުގެ މީހަކު
ފަސް މީހުން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މަރުވެފަ
ސްކޫލްތައް ހުޅުވި ނަމަވެސް ބަލީގެ ހާލަތު ބަދަލެއް ނުވޭ

އިފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މާބަނޑު މީހަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ މަރުވެފައިވަނީ އުމުރުން 29 އަހަރުގެ މާބަނޑު މީހެއް ކަމަށެވެ. މިއީ މި ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ. އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހުކުރު ދުވަހު  ވެސް މީހަކު މަރުވެފައި ވެ އެވެ. މަރުވެފައިވަނީ އުމުރުން 79 އަހަރު ފިރިހެނެކެވެ.

މާބަނޑު މީހާ މަރުވެފައިވަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ވެސް ދަނީ 8 މީހަކަށް އިންފްލުއެންޒާ އެންޗަންއެންވަން ޖެހިގެން ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 31 އެއް މީހަކަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ.

އެގޮތުން ހުކުރު ދުވަހުގެ ނިޔަލަށް 501 މީހަކު ޓެސްޓް ކޮށްފައިވާއިރު 185 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި ބައްޔާ ގުޅިގެން ހެލްތް މިނިސްޓްރީން އައުޓްބްރޭކް އިއުލާނުކޮށް ސްކޫލުތަކުގެ ކިޔެވުން ބައްދަލު ކުރުމަށް ފަހު އާދިއްތަ ދުވަހު ވަނީ ސްކޫލުތަކުގެ ކިޔެވުން ފަށާފަ އެވެ. ނަމަވެސް ބަލީގެ ލެވެލް އަދި ވެސް އޮތީ ސްކޫލްތައް ބަންދުކުރި އިރު އޮތް ހާލަތުގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް