Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 10:43
ފޮޓޯ
ފޮޓޯ
ސޯޝަލް މީޑިއާ
ރޭޕް ކޭސް
ރޭޕްގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުވާކޮށްފި
އާދިއްތަ ދުވަހު އެކަނިވެސް ކުޑަކުދިންނާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ 10 ދައުވާއެއް ވަނީ ތާވަލް ކޮށްފަ
14 އަހަރުގެ ކުއްޖަކަށް ބްލެއިކްމެއިލްކޮށް ރޭޕް ކުރުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ސިފައިންގެ މީހަކު ވަނީ ހައްޔަރުކޮށްފަ
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި

14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކުޓާރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

14 އަހަރުގެ ކުއްޖަކަށް ބްލެއިކްމެއިލްކޮށް ރޭޕްކުރުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާ ކަމަށް ބުނެފައެވެ. ޝެހެނާޒްގެ މައްޗަށް އުފުލާފައިވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

Advertisement

މައްސަލަ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފެންމަތިކުރުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ މީގެކުރިން ބަޔާނެއް ނެރެފައެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު މި މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު ޙިއްޞާކުރިނަމަ، މުއައްސަސާގެ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތިން ވަޤުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅޭނެކަމަށެވެ.

ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު އެކަނިވެސް ކުޑަކުދިންނާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ 10 ދައުވާއެއް ވަނީ ތާވަލް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް