Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 07:17
އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ހަސަން ލަތީފްއާ އިމްތިޔާޒް ފަހުމީ
އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ހަސަން ލަތީފްއާ އިމްތިޔާޒް ފަހުމީ
މަޖިލިސް
ހަަސަން ލަތީފް
އިންސާފު ޤާއިމްވިކަމުގެ އިހްސާސްވާން ފަށައިފި: ހަސަން ލަތީފް
ލާމަރުކަޒީ ނިޒަމާކީ އެހެން ބައެއްގެ ވިސްނުމެއް ނޫން، އެއީ ސީދާ އެމްޑީޕީގެ ވިސްނުމެއް: އެމްޑީޕީގެ ޗެއަރޕާސަން
ހޮވަންވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރާނެ ކެނޑިޑޭޓުން: ހަސަން ލަތީފް

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ރައްޔިތުން އެންމެ ބޮޑަށް އެދުނީ އިންސާފު ގާއިމްކޮށްދިނުމަށް ކަމަށާއި، އިންސާފު ގާއިމްވެއްޖެކަމުގެ އިހްސާސް މިހާރު ރައްޔިތުންނަށް ވާން ފަށައިފިކަމަށް އެމްޑީޕީގެ ޗެއަރޕަސަން އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް، ވަނީ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު އެމްޑިޕީން ދޮރަށް ދޮރަށް ހިނގިއިރު ރައްޔިތުން ދެއްކި ވާހަކަތަކުގެ ހަނދާން އާކޮށްފައެެވެ.

Advertisement

އޭނާ ވިދާޅުވީ، އޭރު ރައްޔިތުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ ރާއްޖޭގައި އިންސާފު ނެތި ގޮސްފައި އޮތުމުގެ ސަަބަބުން ލިބޭ ގެއްލުން ކަމަށެވެ. އަދި ތަކުރާރުކޮށް އެކަން ހައްލުކުރުމަށް ރައްޔިތުން ގޮވަމުން ދިޔަ ކަމަށް ޖޯޝުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަށް އަހަރެއް ފުރިގެން ދިޔައިރު ކުރީ ސަރުކާރުގައި ނާއިންސާފުން ކަންތައް ކުރިގޮތަށް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެކަމަށް ކޮންމެ ރައްޔިތަކުވެސް ހެކިވާނެ ކަމަށް ވިދާޅުވިއެވެ.

ޔަގީން ކަށަވަރު ކަމާއިއެކީ އަޅުގަނޑަށް ދަންނަވަން ކެރޭ 2018 ގެ ކުރިން، މި ފާއިތުވި އެއް އަހަރާއި ތިން މަސް ދުވަސް ކުރިން ހަމަ ގާއިމުވެސް މި ސަރުކާރުގައި ހިނގާފައި ނޯއްނާނެ ސުޕްރީމް ކޯޓުގައި އޭރު ހިނގި ކަންތައްތަކެއް... އިންސާފު ގާއިމްކޮށް ދިނުމުގެ އެ އިހްސާސް ހަމަ ގައިމުވެސް ތިޔައިގެ ތެރެއިން، އަދި މި ޕާޓީއަށް ތާއިދު ނުކުރެއްވިޔަސް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ދާނީ ކުރެވެމުން.
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވައި ނުހައްގުން އެތަން ބަޔަކަށް އެކި ކަހަލަ އަނިޔާތަކެއް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް އޭރު ސަރުކާރާއި އިދިކޮޅުވި ކޮންމެ ބަޔަކުވެސް ދިޔައީ ޖަލަށް ލަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ، ލާމަރުކަޒީ ވިސްނުމަކީ ސީދާ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި، ދިވެހިރާއްޖެ ލާމަރުކަޒުކޮށް ހިންގުން އެއީ އެހެން އެއްވެސް ޕާޓީއެއް ނުވަތަ އެހެން އެއްވެސް ބައެއްގެ ވިސްނުމެއް ނޫން ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ބަޔަކު ނުވަތަ ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ ކީއްްވެގެންތޯ ސުވާލު އުފައްދަމުން އެމްޑީޕީގެ ޗެއަރޕަސަން ވިދާޅުވީ، އިންތިހާބަކީ ޕީޕީއެމަށް އޮތް އިންތިހާބެއް ނޫން ކަަމަށެވެ. ލާމަރުކަޒީ ނިޒާމުން ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް ލިބޭނެ ބަޖެޓަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަމުން ހަސަން ލަތީފް ވިދާޅުވީ، މި ހިނގާ އަހަރުގެ ކުޅުއްދުއްފުށީ ކައުންސިލްގެ ބަޖެޓަކީ ހަ މިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު ލާމަރުކަޒީ ގާނޫނާ އެކު އަންނަ އަހަރުގެ ބަޖެޓް ހަތް އިތުރުވެގެންދާނެ ކަމަށާއި، އެ ބަޖެޓާއެ އެކު ކައުންސިލުން އެ ސިޓީގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށވެ.

ހަސަން ލަތީފް ވަނީ، ތަޖުރިބާ ހުރި ލާމަރުކަޒީ ގާނޫނު ހިންގުމުގެ ގާބިލްކަން ހުރި ބަޔަކު ކައުންސިލަށް އިންތިހާބުކުރުމަށް ގޮވާލައްވާފައެވެ. އެމްޑީޕީގެ ކެމްޕޭނު ލޯންޗިން އަށް ހަސަން ލަތީފް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުގައި އޭނާ ވަނީ އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް