Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 23:39
ވައިކަރަދޫއަށް ލެއްގި މަރުވެފައިއޮތް ކިނބޫ--
ވައިކަރަދޫއަށް ލެއްގި މަރުވެފައިއޮތް ކިނބޫ--
ސޯޝަލް މީޑިއާ
ކިނބޫ
މަރުވެފައި އޮތް ކިނބުލެއް ވައިކަރަދޫއިން ފެނިއްޖެ
މަރުވެފައިވާ އެ ކިނބޫ ފެނުނީ މިއަދުގެ އިރުއޮއްސި 06:15 ހާއިރު

މަރުވެފައި އޮތް ކިނބުލެއް ހދ. ވައިކަރަދޫއިން ފެނިއްޖެ އެވެ.

އެ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ކިނބޫ ލައްގާފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:15 ހާއިރު އެ ރަށު ޒުވާނުންތަކަކަށެވެ.

ގާތްގަނޑަކަށް ތިން ފޫޓުގެ އެ ކިނބޫ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ. އެމްއެންޑީއެފްގެ އިރުޝާދުގެ މަތިން އެ ކިނބޫ ވަޅުލާފައިވާ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement

ރާއްޖޭގެ ބައެއް ޞަރަޙައްދުތަކުން މީގެކުރިިންވެސް ކިނބޫ ފެނިފައި ވެއެވެ. މަހަށް ދިޔަ ބަޔަކު ހިފި ކުޑަ ކިނބުލެއް މާލޭގެ ކުޑަކުދިންގެ ބަގީޗާގައި ބާއްވައިގެން ގިނަ އަހަރުތަކެއް ވަންދެން ގެންގުޅެ ބޮޑު ކޮށްފައި ވެއެވެ.

ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ކިނބޫ ބަޑިޖަހާ މަރާލާފައިވާ ކަމަށް ވެއެވެ.

ވައިކަރަދޫއަށް ލެއްގި މަރުވެފައިއޮތް ކިނބޫ--
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް