Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 17:30
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ޑރ. މުހައްމަދު މުއިއްޒު
މުއިއްޒު، ފުލުހަށް ހާޒިކުރަނީ
މައްސަލަ އެއް ހާމައެއް ނުކުރޭ
މުއިއްޒު ވަނީ މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރަން ފޯމް ހުށައަޅާފައި
ފުލުހުން ދަނީ މުއިއްޒުގެ މައްސަލައެއް ބަލަމުން

ކުރީގެ ހައުސިންގ މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޕީޕިއެމްގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ، ހޮނިހިރުދުވަހުގެ ރޭ (މިރޭ) 20:00 އަށް ފުލުހަށް ހާޒިރުވުމަށް މުއިއްޒު އަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހީނާ ވިދާޅެއް ނުވެއެވެ.

Advertisement

އެކަމުގެ އިތުރު ތަފުޞީލު ހޯދާލުމަށް ރާއްޖެ.އެމްވީން މުއިއްޒު އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުޞީލު ލިބޭގޮތް ވަނީ ނުވެފައެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ މުއިއްޒު، ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި މުއިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި، އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން އެދިފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް