Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 15:36
ކާނިވާ ސަރަހައްދުގައި ވެހިކަލް ޕާކްކޮށްފައި
ކާނިވާ ސަރަހައްދުގައި ވެހިކަލް ޕާކްކޮށްފައި
ޓްވިޓަރ
ކާނިވާ
ކާނިވަލުގައި ފީ ދައްކައިގެން ޕާކް ކުރެވޭ ގޮތަށް ހަދަނީ
މި ޒޯނުން 52 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަ ޖެހިފައިވަނީ މަހަކު 3000 ރުފިޔާއަށް

އަލިމަސް ކާނިވަލުގައި ފީ ދައްކައިގެން ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ ހެންވޭރު ކާނިވާ ސަރަހައްދުގައި ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ޒޯނުން 52 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަ ޖެހިފައިވަނީ މަހަކު 3000 ރުފިޔާއަށް ކަމަށެވެ. އަދި މި ޒޯނުތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް ކައުންސިލުން ދޫކުރާ ފޯމުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކިން ޖާގައަށް އެދި ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން މެންދުރު 2:00 އާ ދެމެދު ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށެވެ.

Advertisement

މިކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 1:00 އަށް ފޯމު ބަލައިގަންނަނާނެ ކަމަށާއި، ފޯމާއެކު ހެންވޭރު ކާނިވާ ސަރަހައްދު ޕާކިން ޒޯން ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެ ކަމަށެވެ.

ކާނިވަލުގައި ފީ ދައްކައިގެން 4 ފުރޮޅުލީ އުޅަނދު ޕާކްކުރުމަށް ނިންމާފައިވާ އިރު، މިހާރު ކޯޓުތައް ހިންގަމުން އަންނަ ތީމުގެ ކުރިމަތިން އޮތް ބިމުގައި ވެސް ފީ ދައްކައިގެން ޕާކްކުރެވޭ ގޮތަށް ސިޓީ ކައުންސިލުން ވަނި ހަމަޖައްސާފައެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 11 ސަރަހައްދެއްގައި ޕާކު ކުރެވޭނެ ތަންތަން ހަދާފައިވާ ކަމަށެވެ. އަދި އެ ތަންތަނަކީ އެއް ފަހަރާ 80 ނުވަތަ 400 ވެހިކަލްއަށް ޕާކް ކުރެވޭނެ ފަދަ ތަންތަން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް