ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 13:04
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ
ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއް: ޝިފާ
މާލޭގެ ޕަބްލިކް ފާހާނާތައް މުޑުދާރުވެ އެ މައްސަލަ ބޮޑުވުން ފާހަގަކުރެއްވި
މާރުކޭޓު ގޮޅިތައް ސަޕްލަޔަރުންނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފާހަގަކުރެއްވި
ކައުންސިލްގައި މަސައްކަތްކުރައްވާ އިރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ވިދާޅުވި

ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތަކީ ބިރުވެރި މަސައްކަތެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއް ކަމަށާއި، ވަކިން ޚާއްސަކޮށް މާލޭގެ ޕަބްލިކް ފާހާނާތައް މުޑުދާރުވެ އެ މައްސަލަ ބޮޑުވުން ޝިފާ ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، މާރުކޭޓު ގޮޅިތައް ސަޕްލަޔަރުންނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުންފަދަ ކަންކަން ނުފެންނަ ކަމަށް ހެދިގެން ހުރުން މާ ރަނގަޅުވީސް ކަމަށް ޝިފާގެ ޓްވީޓުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޝިފާގެ ބަހެއް ހޯދުމަށް "ރާއްޖެއެމްވީ" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ބިރުވެރި ކަމެއްގެ ގޮތުގައި ޝިފާ ސިފަކުރައްވާފައިވާއިރު، ކައުންސިލްގައި މަސައްކަތްކުރައްވާ އިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށާއި މޭޔަރު ކަމަށް ކުރިމަތިލާން އިއުލާންކުރި ހިސާބުން އެތައް ފުރައްސާރައެއް ކުރިމަތިވިކަމަށް ޝިފާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް އެހެން މެމްބަރުން ވަނީ ޝިފާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް، އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައިވެސް، މާލޭ ސިޓީގެ މޭޔަރުގެ ޓިކެޓް ހޯއްދެވުމަށް ޝިފާ ވާދަކުރައްވާ ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

- ކޮމެންޓް