Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 12:01
ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް މައުމޫނު
ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް މައުމޫނު
ރައީސް އޮފީސް
ރައީސް ނަޝީދު
މައުމޫނުގެ އާއިލާއިން އަޅުގަނޑުގެ ދަރިން "ރޭރު" ނުކޮށް މަޑުން ތިބުން ރަނގަޅު: ނަޝީދު
މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ އެތައް ހާސް ބަޔަކަށް އަނިޔާވެރި ވެފައިވާކަމަށް ވިދާޅުވި
އެ އަނިޔާތަކުގެ ހިސާބު ބަލަހައްޓަމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި
ރައީސް ނަޝީދުގެ ދެ ދަރިކަނބަލުންވެސް އެކަމަށް ރައްދުދެއްވައި ގިނަ ޓްވީޓުތަކެއް ކުރެއްވި

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ އާއިލާއިން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ދަރިން "ރޭރު" ނުކުރުވައި މަޑުން ތިއްބެވުން ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އަލަށް ރައީސްކަމަށް ހޮވިވަޑައިގެންނެވުމުން ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތައް ސިޔާސީ ނުފޫޒުން ޖަލަށްލުމުގެ ސަޤާފަތެއް އޮންނަކަން ފާހަގަކުރައްވައި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޏާ މައުމޫނު ކުރެއްވި ޓްވީޓަކަށް އާންމުންގެ ފަރާތަކުން ރައްދުދީ، ރައީސް ނަޝީދު އެހެން ޢަމަލު ނުކުރައްވާކަން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ނަަމަވެސް ދުންޏާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުވެސް އެކަމަނާގެ ބައްޕާފުޅަށް ކޮންމެސް މިންވަރަކަށް އަނިޔާވެރި ވެފައިވާ ކަމަށާއި، ފުލުހަށްވެސް ހާޒިރު ކުރެއްވި ކަމަށެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ފުލުހަށް ހާޒިރު ކުރިކަމަށް ވިދާޅުވެ ދުންޏާ ކުރެއްވި މި ޓްވީޓަށް ރައްދު ދެއްވައި ރައީސް ނަޝީދުގެ ދަރިކަނބަލުން ވަނީ މީހަކަށް އަނިޔާވެރިވެ އެތައް އަހަރުތަކެއް ވަންދެން ނުޙައްޤުން ބަންދުކޮށްގެން ގެންގުޅުމާ ފުލުހަށް ހާޒިރު ކުރުމާ އެއްގޮތް ކުރެވިދާނެތޯ ސުވާލު އުފައްދާފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނުގެ އާއިލާއިން އެފަދަ ވާހަކަތައް ދައްކަވާ އަޑު އެހުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ އެތައް ހާސް ބަޔަކަށް އަނިޔާވެރި ވެފައިވާ ކަމަށާއި، "އަދަބު ފޮތް" ނަމުގައި އެ އަނިޔާތަކުގެ ހިސާބު ބަލަހައްޓަމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކަންއެހެން ހުރުމާއެކު ރައީސް މައުމޫނުގެ އާއިލާއިން އެމަނިކުފާނުގެ ދަރިން "ރޭރު" ނުކުރުވައި މަޑުން ތިއްބެވުން ރަނގަޅުވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ދެ ދަރިކަނބަލުންވެސް އެކަމަށް ރައްދުދެއްވައި ގިނަ ޓްވީޓުތަކެއް ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް