Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 09:56
އައްޑޫގައި ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއިން
އައްޑޫގައި ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
މިނިސްޓަރު އަސްލަމް
މާޒީ އިޔާދަކުރަން ބޭނުންނުވާ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: މިނިސްޓަރު އަސްލަމް
ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް
އަޅުގަނޑުމެން ކުރަމުންއައި އުންމީދު ފުރިހަމަ ކުރަންޖެހޭ
ކަންކަން ތަންފީޒުކުރުން އެމްޑީޕީއަށް ލިބެންޖެހޭ

މާޒީ އިޔާދަކުރަން ބޭނުންނުވާނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭންޖެހޭ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިސް" ކެމްޕޭން ފެށުމަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ އިންސާނުންނަކީ މާޒީގައި ހަޔާތުގައި ދިމާވެފައިވާ ކަންކަމުގެ ތަޖުރިބާގައި މުސްތަގުބަލް ބިނާ ކުރާ ބައެއް ކަމަށާއި، މަޒީގެ ތެރެއިން ފުދޭ ވަރަކަށް ކަންކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. މިތަޖުރިބާތަކުގެ ކަންކަން އިސްލާހުކޮށް ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

Advertisement

މިހާރު ވެސް ބައެއް ރަށްރަށުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައިވާތީ އެކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުންގެ ކިބައިގައި ވާދަކުރާނެ ހިތްވަރު ނެތް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އަޅުގަނޑުމެން ކުރަމުން އައި އުންމީދު ފުރިހަމަ ކުރަންޖެހޭ ދުވަސް އައިސްޖެހިފައިވާ ކަމަށާއި، ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށެވެ.

އެމްޑީޕީ ސަރުކާރުން އެގާނޫނު އުފަން ކުރުވުމަށްފަހު ދެންއައި ސަރުކާރުތަކުން އެގާނޫނަށް ގެނައި ބަދަލުތަކުގެ ނަތީޖާގެ ސަބަބުން ކަން ހިނގާ ދިޔަ ގޮތް މިސިޓީގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން އޮންނާނެ. ކަންކަން ކުރުމުގައި ކައުންސިލްގެ މަޝްވަރާއެއް ނެތް. ރައްޔިތުންގެ ބަހެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެން ދައްކަނީ ސަރުކާރުން ކައުންސިލްއާ ގުޅިގެން މަސައްކަތް ކުރާ ވާހަކަ. ބޭނުންވަނީ ކައުންސިލް މެދުވެރިކޮށް ކަންކަންކުރަން. ޕްރޮޖެކްޓްތައް ހިންގަން. އެހެންވީމަ ގާނޫނުން އެބާރުވެރިކަން މިދިނީ.
ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް

މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖެ އެމްޑީޕީގެ ފިކުރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދެން އޮތީ ކަންކަން ތަންފީޒުކުރުން ކަމަށާއި، އެބާރުވެސް އަދި އެޒިންމާވެސް އެމްޑީޕީއަށް ފުރިހަމަ ގޮތުގައިދީގެން މެނުވީ ކަންކަން ހާސިލް ނުވާނެ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގާނޫނުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މިލިޓަރީ ދައުލަތެއް ސިފަތައް ދަމަހައްޓާފައިހުރި ނަމަވެސް އެމްޑީޕީން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ރައްޔިތުންނަށް ރައްޔިތުން ބޭނުންވާފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުން އިހުތިޔާރުކުރާ ބަޔަކު ލައްވާ އެކަން ކުރުވުމަށް ގާނޫނީ މަގު ހުޅުވާލަދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މުސްތަގުބަލަށްޓަކައި، މިފުރުސަތުގެ ބޭނުން ހިފައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓުންނަށްދޭންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް