Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 21:20
ޝާހިދު އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ޕޯސްޓަރެއް ހަރުކޮށްދެއްވަނީ
ޝާހިދު އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ޕޯސްޓަރެއް ހަރުކޮށްދެއްވަނީ
ޓްވިޓަރ
ލޯކަލް ކައުންސިލް އިންތިހާބު
އެމްޑީޕީ ނޫން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: ޝާހިދު
ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީ އެމްޑީޕީއިން: ޝާހިދު
ލާމަރުކަޒީ ނިޒާމް އެންމެ ރަނގަޅަށް ހިންގަން އިނގޭނީވެސް އެމްޑީޕީއަށް: ޝާހިދު
އެމްޑީޕީއިން އަންނަނީ ކައުންސިލް އިންތިހާބުގެ ބޮޑު އަގުލަބިއްޔަތެއް ހޯދާނެކަމަށް ބުނަމުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ފެށުމާއި ގުޅިގެން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސްދިނީވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ އެމްޑީޕީއިންކަމަށެވެ. އަދި އެނިޒާމް ހިންގަން އެނގޭނީ އެމްޑީޕީއަށްކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެދަރިއަށް އެމްޑީޕީއަކުން ދެރައެއް ނުދޭނެކަމަށް އަދި އެދަރި ދޫކޮށެއް ނުލާނެކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ޤާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާޢީދުނުކުރާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް
ާހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރިގަދަކޮށް ހުކުރު ދުވަހުގެރޭ ފަށާފައިވާއިރު، އެމްޑީޕީއިން ވަނީ މި އިންތިޚާބުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް