Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 19:56
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
ފެނަކަ
އެމްޑީޕީ ޖަލްސާއަށް ދާން މުވައްޒަފުންނަށް ނާންގަން، ދައުރުކުރަނީ ފޭކް ލިޔުމެއް: ފެނަކަ
ދައުރުކުރަމުންދަނީ ފޭކް ލިޔުމެއް، މައްސަލަ ބަލަން ކަމާބެހޭ ފަރާތްތަކަށް ވާނީ ހުށަހަޅާފައި

އެމްޑީޕީން އިންތިޒާމުކޮށްގެން ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބާއްވާ ޖަލްސާއަށް އެއްވެސް މުވައްޒަފަކަށް ދިއުމަށް މަޖުބޫރު ނުކުރާ ކަމަށާއި، ޖަލްސާއަށް ދާންޖެހޭނެ ކަމަށް ބުނެ ދައުރުކުރަމުން ދަނީ "ފޭކް ލިޔުމެއް" ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފަށާ ކެމްޕޭން ލޯންޗްކުރާ ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ ލިޔުމެއް އެތަނުގެ ލެޓަރހެޑުގައި ނެރެ ދަނީ ދައުރުކުރަމުންނެވެ. އޭގައި ވަނީ "ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްޞަ ޖަލްސާއެއް 21 ފެބްރުއަރީ 2010 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:45 ގައި ކާނިވާ ސްޓޭޖް ޞަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މިކުންފުނީގެ އެންމެހާ މުއައްޒަފުން މިޖަލްސާގައި ބައިވެރިވުމަށްޓަކައި ޖަލްސާ ފެށުމުގެ 15 މިނެޓްކުރިން ކާނިވާ ސަރަހައްދަށް ވަޑައިގަތުމަށް ދަންނަވާ" ކަމަށެވެ. އަދި މަޤްބޫލު އުޒުރަކާއި ގުޅިގެން މިޖަލްސާއަށް ހާޟިރުނުވެވޭ ފަރާތްތަކުން އެމުއައްޒަފެއް މަސައްކަތްކުރާ ޑިޕާޓްމަންޓެއްގެ އިސްވެރިޔަކަށް ދުރާލައި އެންގެވުމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފެނަކައިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީން އިންތިޒާމުކޮށްގެން ބައްވާ ޖަލްސާއަކަށް ހާޒިރުވުމަށް ކުންފުނީގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ، އަޞްލެއް ނެތް ލިޔުމެއް ދައުރުކޮށް ޗެނެލް 13 އިން ދޮގު ޚަބަރު ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

Advertisement

އަދި މިފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރަތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިގެ ނަމުގައި ދަރުކުރާ ލިޔުމުގައި އެ ކުންފުނީގެ ރަސްމީ ތަތްގަނޑެއް ޖަހާފައި ނުވެއެވެ. އަދި އެއްވެސް ވެރިއެއްގެ ސޮއެއް އަދި ނަމެއް ވެސް ނެތެވެ.

އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރާ ޖަލްސާ "ރަށްވެހި ފަތިސް" ބާއްވަން ހަމަޖައްސާފައިވަނީ ހުކުރުދުވަހުގެ ރޭ 8:45 ގައި ކާނިވަލުގައެވެ. މި ޖަލްސާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މާލޭގައި އޮންނަ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް