Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 19:21
ށ. ފުނަދޫ
ށ. ފުނަދޫ
ޓްވިޓަރ
ށ. ފުނަދޫ
ފުނަދޫގައި ތުއްތު ކުއްޖަކު ގެނބިގެން މަރުވެއްޖެ
މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހަވީރު
މަރުވެފައި ވަނީ 1 އަހަރާއި 9 މަހުގެ ކުއްޖެއް

ށ. ފުނަދޫގައި 1 އަހަރާއި 9 މަހުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލް މެންބަރު އަލީ ޚާލިދު ވިދާޅުވީ އެ ޙާދިސާ ހިނގީ ހުކުރު ދުވަހުގެ ހަވީރު 3:30 ހާއިރު ކަމަށެވެ.

Advertisement

މި ކުއްޖާ ދިރުއުޅެމުންދާ ގެއަކީ އަތިރިމަތީގައި ހުންނަ ގެއެއް ކަމަށާއި އެޙާދިސާ ހިނގާފައި ވަނީ މަންމަ ވުޟޫކުރަން ފާޚާނާއަށް ވަތް ވަގުތު ކަމަށް ޚާލިދު ވިދާޅުވިއެވެ.

އެގޭ ހުންނާނީ އެންމެ އަތިރިމައްޗަށް. އަތިރިމަތީގައި އޮންނާނީ ހުސްބިން... އެދިމާ އަތިރިމަތީގައި އޮންނަ ހުސްބިން އޮންނާނީ ސާފުކޮށް ޖޯލި ބަހައްޓާ ކުދިންނަށް ކުޅެވޭ ގޮތަށް
ފުނަދޫ ކައުންސިލް މެންބަރު އަލީ ޚާލިދު

ކުއްޖާ ފެންނަން ނެތުމުން ގޭގައި ތިބި އެހެން ކުދިން އެކުއްޖާގެ މަންމަ އަށް ގޮވިކަމަށާއި، ހޯދަމުން ދަނިކޮށް ކުއްޖާ ގެނބިފައި އޮތް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި މަގުމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ހުއްޓުވާ އޭގައި، އެކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. އަދި ކުއްޖާ ބެލި ޑޮކްޓަރު އެކުއްޖާ މަރުވެފައިވާކަން ކަށަވަރުކޮށްދެއްވިކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް