Advertisement
ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 09:34
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާޙިދު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާޙިދު
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އިބިލީހުގެ ކައިވެންޏަށް ވެފަ:ޝާހިދު
އިންތިޚާބަށް ފަރިތަ މީހުން ތިބީ އިންތިޚާބަށް ތައްޔާރުވެގެން
އީސީ އައި ސަރުކާރަށް ތިބީ ތައްޔާރު ނުވެވިފައި

ކުރިޔަށް އޮތް ޅޯކަލް ކައުންސިލް އިންތިޚާބު މިހާރު އޮތީ އިބިލިހުގެ ކައިވެންޏަށް ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އަތޮޅު ތެރެއަށް އިދިކޮޅު އެމްޑީޕީން މިހާރު ކުރަމުންދާ ދަތުރުތަކުގެ ތެރެއިން، ހޮނިހިރު ދުވަހުގެރޭ ރ. އިންނަމާދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝާޙިދު ވިދާޅުވީ، އިންތިޚާބަށް ފަރިތަ މީހުން ތިބީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރު ވެގެން ކަމަށާ، އިންތިޚާބަށް ތައްޔާރު ނުވެނީ އިލެކްޝަން ކޮމިޝަނާއި ސަރުކާރަށް ކަމަށެވެ.

ހަމަގައިމުވެސް، އިންތިޚާބަށް ފަރިތަ މީހުން، ތައްޔާރުވެގެން އުޅޭތާ ކިތަންމެ ދުވަހެއް، އަޅުގަނޑުމެންގެ ކެނޑިޑޭޓުން ދޮރުން ދޮރަށް ހިނގުމާ، ރައްޔިތުންނާ ބައްދަލުކުރުމާ، އިންތިޚާބަކަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން، އަޅުގަނޑުމެން މިތިބީ. އެހެން ނަމަވެސް، އިންތިޚާބަށް ނުފަރިތަ، ބަޔަކު އިލެކްޝަންސް ކޮމިޝަނުގައިވެސް ތިބީ، އަޅުގަނޑުމެންނާ ވާދަކުރަން ނުކުމެ ތިބީވެސް

ޝާޙިދު އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިޚާބު ބައްވާނެ ތާރީޚެއް އަދިވެސް ޔަޤީން ނުވާ ކަމަށާ، އިންތިޚާބު ދަނީ އިބިލިހުގެ ކައިވެނި ދާ އުސޫލުން ކަމަށެވެ.

އެހެންވީމާ މި އިންތިޚާބަކީ އިބިލީހުގެ ކައިވެންޏަށް ދާކަހަލަ، ގޮތަކަށް ހިނގަމުންދާ އިންތިޚާބަކަށް މިއޮތީ ވެފަ. އަދަކުތޯ މާދަން ވެފަ މި އޮންނަނީ. އަބަދުވެސް ފަސްކުރަމުން މި ގެންދަނީ. މިހާރު މި ކިޔަނީ މޭމަހުގެ ހަވަނަ ދުވަހޭ. ﷲ ދެނެވޮޑިގެންވާނި އެދުވަހުވެސް މި އިންތިޚާބު މި ބޭފުޅުން ބާއްވަވާނެތޯ ނޫންތޯ

މި އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ފުރަތަމަ ތާވަލް ކުރި ލޯކަލް ކައުންސިލް އިންތިޚަބު އެކި ފަހަރުމަތިން، އެކި ސަބަބުތަކާއި ހުރެ ލަސްކޮށްފައިވާއިރު، އެންމެ ފަހުން މި އިންތިޚާބު ފަސްކޮށްފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ރޯގާ އާއި ގުޅުވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް