ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 13:36
މީޑިއާނެޓް
މީޑިއާނެޓް
ރާއްޖެއެމްވީ
މީޑިއާނެޓް
މީޑިއާނެޓްގެ އިންސްޓަގްރާމް ޕޯސްޓެއް ޝެއަރކޮށްގެން ސިނަމަން ވެލިފުއްޓަށް!
ނަސީބުވެރި ފަރާތެއް ހޮވުން އޮންނާނީ އަންނަ މާރޗު މަހުގެ 6 ވަނަ ދުވަހު
މާރޗު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ
ސިނަމޮން ވެލިފުށި ރިޒޯޓުގައި ދެ ރޭ ހޭދަކުރުމަށް ދެ ޖާގަ ލިބިގެންދާނެ

މީޑިއާނެޓްގެ އިންސްޓަގްރާމް މެދުވެރިކޮށް ހިންގާ ޕްރޮމޯޝަނެއްގެ ދަށުން ސިނަމޮން ވެލިފުށި ރިޒޯޓަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާނެޓުން ބުނީ، މިހިނގާ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުން ފެށިގެން އަންނަ މާރޗު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި ޕްރޮމޯޝަންގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓްގެ އިންސްޓަގްރާމް ޕޭޖް (މީޑިއާނެޓްއެމްވީ) އަށް ފޮލޯ ކުރުމަށްފަހު، އެ ޕޭޖްގައިވާ "ގެޓްއަވޭ އެލަރޓް" ޕޯސްޓް އަށް ލައިކް ދިނުމަށާއި، އެ ޕޯސްޓުގައި 2 މީހުން ޓެގް ކުރަން ޖެހޭނެ ކަމަށް މީޑީއާނެޓުން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އަދި ފަހު ކަމެއްގެ ގޮތުން އެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރުމަށްފަހު މީޑިއާނެޓްގެ އިންސްޓަރްގާމް ޓެގް ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

މީޑިއާނެޓުން ބުނީ، ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ފަރާތަކަށް ސިނަމޮން ވެލިފުށި ރިޒޯޓުގައި ދެ ރޭ ހޭދަކުރުމަށް ދެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވުން އޮންނާނީ އަންނަ މާރޗު މަހުގެ 6 ވަނަ ދުވަހުއެވެ.

- ކޮމެންޓް