Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 13:07
ކެމްޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން
ކެމްޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ- އެލްސީއީ 2020
ރަށްވެހި ފަތިސް ކެމްޕެއިން ފަށާ ޖަލްސާ މިރޭ 08:45 ގައި
އެމްޑީޕީން ވަނީ އެންމެ ފަހުން ބޭއްވި 3 އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައިފަ
ޖަލްސާގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފަ
ކެމްޕެއިން ލޯންޗިންގް ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ލޯންޗިންގް ޖަލްސާ ހުކުރު ދުވަހުގެރޭ 8:45 ގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ ޕާޓީން ބުނެފައިވަނީ، ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކެމްޕެއިން އިފްތިތާހުކުރުމުގެ ޖަލްސާ ބެއްވިގެން ދާނެކަމަށާއި ޖަލްސާ ފެށިގެންދާނީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކަމަށެވެ.

އެގޮތުން ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް ކެމްޕެއިން ލޯންޗިންގް ވީޑިއޯއެއް އެޅުވިގެންދާނެކަމަށް ވަނީ މައުލޫމާތުދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ހުރިހާ ރަށެއްގައި ވީޑިއޯގެ ޒަރީއާއިން ލައިވްކޮށް ފެންނާނެކަމަށާއި އެއަށްފަހު ކޮންމެ ރަށެއްގައިވެސް އަދި ކޮންމެ ސިޓީއެއްގައިވެސް އަދި އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ވާހަކަދައްކަވާނެކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ އެކި ކަންކޮޅުތަކުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން މިރޭގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވާނެކަމަށެވެ. އެއަށް ފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު ދެއްކެވުން އޮންނާނެކަމަށް އެ ޕާޓީން ވަނީ މައުލޫމާތު ދީފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ވީޑިއޯގެ ޒަރީއާއިން ލައިވްކޮށް ފެނިގެންދާނެކަމަށެވެ.

Advertisement

ކެމްޕެއިން ލޯންޗިންގް ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާއިރު، ޖަލްސާގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން މީގެކުރިން ބުނެފައިވަނީ، ޕްރައިމަރީގައި ވޯޓުލާފައިވާ މީހުންގެ ޢަދަދާއި އަދި ވޯޓު ލުމުގައި އެމްޑީޕީގެ ޢާންމު މެންބަރުން ހުރި ޝައުޤުވެރިކަމާއިއެކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީއަށް 60 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު ބާއްވަ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވާ ތާރީހަކި އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެމްޑީޕީން ވަނީ އެންމެ ފަހުން ބޭއްވި 3 އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް