Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 11:34
ޗެނަލް ޕާކް ބުލެވަރޑް ނަމުގައި ތަރައްޤީކުރާ ޕާކް
ޗެނަލް ޕާކް ބުލެވަރޑް ނަމުގައި ތަރައްޤީކުރާ ޕާކް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ޗެނަލް ޕާކް ބުލެވަރޑް
އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ހަދަނީ
ޕާކަށް ކިޔަނީ ޗެނަލް ޕާކް ބުލެވަރޑް
ޕާކުގެ ޒަރިއްޔާއިން އާންމުންނަށް އެތަކެއް ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ
ޕާކް އެއްކޮށް ތަރައްޤީކޮށް ނިމޭނެ ދުވަހެއް އެޗްޑީސީން ހާމަކޮށްފައެއް ނުވޭ

އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ހަދަން ނިންމާފައިވާކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ޗެނަލް ޕާކް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެގައި ބާބަކިިއު ހަދަން ބޭނުންކުރި ސަރަހައްދު މިހާރު ބަންދުކޮށްފައިވާ ކަމަށާއި، މި ޕާކުގެ ޒަރިއްޔާއިން އާންމުންނަށް އެތަކެއް ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

Advertisement

އެގޮތުން "ޗެނަލް ޕާކް ބުލެވަރޑް" ނަމުގައި އެޗްޑީސީން ތަރައްޤީކުރާ މި ޕާކުގެ މިސާލީ ވީޑިއޯއެއްވެސް ޓްވިޓަރގައި ހިއްސާކޮށްފައިވާއިރު، އެއްކޮށް ތަރައްޤީކޮށް ނިމޭއިރު އެތަނުގައި ޕްލޭގްރައުންޑަކާއި، ރެސްޓޯރަންޓާއި، ސްކޭޓް ޕާކަކާއި، ރޯވިންގ ކްލަބެއް ހުންނާނެ ކަމަށް ވީޑިއޯގައި ދައްކުވައިދީފައިވެއެވެ.

ނަމަވެސް މި ޕާކް އެއްކޮށް ތަރައްޤީކޮށް ނިމޭނެ ދުވަހެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.

މި ސަރަޙައްދު ތަރައްޤީ ކުރުމަށް ބަންދުކޮށްފައިވާއިރު، އެޗްޑީސީން ވަނީ ވަގުތީ ގޮތުން ބާބަކިއު ހެދުމަށް އެޗްޑީސީން ހުޅުމާލެ ރުއްގަނޑު ދެ ސަރަހައްދެއް ކަނޑައަޅާފައެވެ. އެގޮތުން އެ ސަރަހައްދުގައި ބާބަކިއު ހެދުމަށްޓަކައި ބޭނުން ކުރެވޭނީ ހަމައެކަނި ''ކޯލް'' ކަމަށާއި، ވަގުތީ ގޮތުން ބާބަކިޔު ހަދަން ހަމަޖެއްސި ދެ ސަރަހައްދުގައި މަސްކަނޑާ ހުޅުނބު ޖެހުމަކީ މަނާކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް