Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 11:41
ގައުމީ ދިފާއީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ނިންމިމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ދިފާއީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ނިންމިމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމާންޑާސް ކޮންފަރެންސް 2020 ކާމިޔާބުކަމާއެކު ނިންމާލައިފި
މިއީ އެމްއެންޑީއެފް އިތުރަށް ތަރައްގީކުރުމަށް ބޭއްވި ކޮންފަރެންސެއް
މިކޮންފަރެންސް ކުރިއަށް ގެންދިޔައީ މިމަހު 17 އިން 20 ގެ ނިޔަލަށް
މިކޮންފަރެންސްގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި

ގައުމީ ދިފާއީ ބާރުގެ 2020 ވަނަ އަހަރުގެ ކޮމާންޑާސް ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޮންފަރެންސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ.

Advertisement

މި ރަސްމިއްޔާތުގައި އެކަމަނާވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމާންޑަރސް ކޮންފަރެންސް އަކީ އެމްއެންޑީއެފް އިތުރަށް ތަރައްގީކޮށް މޮޑަނައިޒްކޮށް ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަށްޓަކައި ދިފާއީ ވަޒީރުގެ އިރުޝާދުފުޅުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސް ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޕްރޮގްރާމެކެވެ. މި ކޮންފަރެންސްގެ ބޭނުމަކީ އެމްއެންޑީއެފްގެ ގާބިލްކަމާއި ރެޑިނަސް އަދި މިޝަން އިފެކްޓިވްނަސް އިތުރުކުރުމަށް ވަށާ ޖެހޭ ކޮމާންޑް ފަލްސަފާއެއް ޑިވެލޮޕްކުރުމެވެ.

ކޮންފަރެންސްގެ ތެރެއިން

މިމަހު 17 އިން 20 ގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޖެނެރަލް އޮފިސަރުންނާއި ސާވިސް ކޮމަޑާންޓުންނާއި އެކި ލެވެލްގެ ކޮމާންޑަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އާއި ކުރިމަގަށް އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމާއި ޓެކްޓިކަލް ލެވެލްގައި އޮޕަރޭޝަނަލް އިފެކްޓިވްނަސް އިތުރު ކުރުމާއި އެންލިސްޓަޑް ލީޑަރުންގެ މުހިންމުކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް