Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 22:59
އައްޑޫ ސިޓީގެ ކައުންސިލް އިދާރާ
އައްޑޫ ސިޓީގެ ކައުންސިލް އިދާރާ
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ
ރަމަޟާންމަހު އައްޑޫ ސިޓީއަށް ބޭރުގެ ޙާފިޒުން ގެނައުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
މާޗުމަހުގެ 05ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ
ހުއްދައަށްއެދޭ ފަރާތް ދިރިއުޅޭ އަވަށެއްގެ އަވަށު އޮފީހަށް ފޯމް ހުށަހެޅޭނެ
ދިވެހި ޚާފިޒުން ހޯދަން ވެސް ވަނީ އިއުލާންކޮށްފައި

ރަމަޟާންމަހު އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް، އިމާމުވެ ތަރާވިޙު ނަމާދު ކުރާނެ ރާއްޖޭން ބޭރުގެ ޙާފިޒުން ރާއްޖެއަށް ގެނައުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ކަނޑައެޅިފައިވާ ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ 1441 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖެއިން ބޭރުގެ ޙާފިޒުން ޙިފުޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް މާރޗު 05 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުއްދައަށް އެދޭ ފަރާތް ދިރިއުޅޭ އަވަށެއްގެ އަވަށު އޮފީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.

Advertisement

ކައުންސިލުން ބުނީ ރާއްޖެއިން ބޭރުގެ ޙާފިޒުން ޙިފުޡުކޮށް، އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމު އަދި ރަމަޟާންމަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުޞޫލު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަވަށު އޮފީސް ތަކުން ރަސްމީގަޑީގައި ލިބޭނެ ކަމަށެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓުން ވެސް މިފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދަން ވެސް އެކައުންސިލުން ވަނީ އިޢުލާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް