ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 23:48
ބިޒްނަސް އެކްސްޕޯ
ބިޒްނަސް އެކްސްޕޯ
ބިޒްނަސް އެކްސްޕޯ
ބިޒްނަސް އެކްސްޕޯގައި 60 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވޭ
އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައި
އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުން ހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
މިއީ މި އެކްސްޕޯ ބާއްވާ 2 ވަނަ އަހަރު

ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފެބްރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު, މިފަހަރުގެ އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 60 އަށް ވުރެ ގިނަ ވިޔަފާރިތައް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އިވެންޓް އިންތިޒާމު ކުރާ އޯރކާ މީޑިއާ ގްރޫޕުން ބުނެފިއެވެ.

ފެބްރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައި މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާއިރު މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އަކީ ބޮޑެތި ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކައް، ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ޢާންމުންނަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުން ހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވިޔަފާރިވެރިންނަށް ޚާއްޞަ ސަމިޓަކާއި، އަންހެނުންނަށް ޚާއްޞަ ސަމިޓެއްގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓާއި، މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

ސަމިޓުތަކުގެ ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެކިއެކި ފަންނުތަކުގެ ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. މި ބޭފުޅުން، އެ ސަމިޓުތަކުގެ ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ، އެހެން ވިޔަފާރިވެރިންނާއި ވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތަކާއި ޙިއްސާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

ވިޔަފާރިއާއި ނެޓްވޯކިންގްގެ ގިނަ ޙަރަކާތްތަކެއް ކުރިއަށްދާ ބިޒްނަސް އެކްސްޕޯ އަށް 3،000 ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް މި އިވެންޓް އިންތިޒާމުކުރާ އޯރކާ މީޑިއާ ގުރޫޕުން ލަފާކުރެއެވެ.

މިއީ، މި އެކްސްޕޯ ބާއްވާ 2 ވަނަ އަހަރެވެ.

- ކޮމެންޓް